މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 03 ފަންގިފިލައެއްގައި ހަރުކޮށްފައިވާ އެއަރކޮން އައުޓްޑޯ ޔުނިޓްތައް ބަދަލުކުރުން

     މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 03 ފަންގިފިލައެއްގައި ހަރުކޮށްފައިވާ އެއަރކޮން އައުޓްޑޯ ޔުނިޓްތައް ނައްޓައި އައު އައުޓްޑޯ ޔުނިޓް ސަޕްލައިކޮށްދިނުމާއި އިންސްޓޯލް ކުރުމާއި މަސައްކަތަށް ބޭނުންވާ ހުރިހާތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓަރ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓަރވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

25 ފެބުރުވަރީ 2021

ބުރާސްފަތި

12:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަނޑި

01 މާރިޗު 2021

ހޯމަ

12:00

އަންދާސީ ހިސާބު ހުށަހެޅުން

04 މާރިޗު 2021

ބުރާސްފަތި

11:00

 

     މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 12:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓަރވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.

18 ފެބުރުވަރީ 2021
ހޯދާ