ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ. އަތޮޅު ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަރާމާތު ތަކާގުޅޭ
ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަރާމާތު ތަކާގުޅޭ
މި ކައުންސިލްގައި ކުރަންހުރި ބައެއް މަރާމާތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވެވޭނީ އެ ރަޖިސްޓްރީގެ GC01-01, GC01-2 އަށް ޝަރުތު ހަމަވާ ކޮންޓްރެކްޓަރުންނަށެވެ.
- މި މަސައްކަތާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 2021 ފެބުރުވަރީ 18 ވަނަ ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިމަސައްކަތާ ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2021 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އަތޮޅުކައުންސިލްގެ ކޮންފަރެންސް ހޯލްގައެވެ.
- މިބީލަމާ ގުޅޭ އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2021 މާރިޗު 2 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލްގެ [email protected] އަށެވެ.
- ބީލަން ހުޅުވުން އޮންނާނީ 2021 މާރިޗު 4 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
- ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ، ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
6 ރަޖަބު 1442
18 ފެބުރުވަރީ 2021
ހޯދާ