ދިވެހިރާއްޖެ
ނަންބަރު:(IUL)146-A3/1/2021/8
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ.
ފެމިލީ ކޯޓަށް ބޭނުންވާ 05 (ފަހެއް) ސީލިންގ މައުންޓް އެއަރކޮންޑިޝަނަރ އަދި 02 (ދޭއް) ވޯލްމައުންޓް އެއަރކޮންޑިޝަނަރ ސަޕްލައިކޮށް، އަމިއްލަ ތަކެތީގައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)146-A3/1/2021/7 (03 ފެބުރުވަރީ 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެއިޢުލާން ބާތިލުކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ފެބުރުވަރީ 24 ވަނަ ދުވަހުގެ 10:00 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2021 މާރިޗު 03 ވަނަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ.