ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
Part-time lecturer

 

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ތިރީގައި މިދަންނަވާ މާއްދާ ކިޔަވައިދެއްވުމަށް  ޕާޓްޓައިމް ލެކްޗަރަރއެއް ބޭނުންވެއެވެ.

މާއްދާ:

  • ޑިވެލޮޕްމެންޓަލް ސައިކޮލޮޖީ(އީ.އެސް.ޓީ 101)

މަސައްކަތް އޮންނަ ރަށް:

  ކ.މާލެ

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/200ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ  ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ސުންގަޑި: 2021 ފެބްރުއަރީ 21 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected]އަށެވެ.

17 ފެބުރުވަރީ 2021
ހޯދާ