ދިވެހިރާއްޖެ
ހދ. އަތޮޅު ސްޓޭޓްހައުސްގެ ބައެއް މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
1- މިބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ 16 ފެބުރުވަރީ 2021 ން ފެށިގެން 04 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. އޮންލައިންކޮށް ރަޖިސްޓްރީވުމަށްhttps://www.haadhaal.gov.mv/bid-register ބޭނުން ކުރެއްވުން އެދެމެވެ.
3- މި އިޢުލާނާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 23 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ސްޓޭޓް ހައުސްގައެވެ.
4- ބީލަމާ ބެހޭ އެންމެހާއި ލިޔެކިއުންތައް، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެއްވުމުން، އީމެއިލްގެ ޒަރިއްޔާއިން ލިބިލައްވާނެއެވެ.
5- ބީލަންތައް ހުޅުވުން އޮންނާނީ 07 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
6- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ
ފޯން: 6521643
އީމެއިލް: [email protected]