ދިވެހިރާއްޖެ
ނަންބަރު: IUL)38-CA/38/2021/50)
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020
ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު، އަޙްމަދު ރީޙާން، ރީޙުއްޞަބާ / ތ. ކަނޑޫދޫއާއި،
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެނޑިޑޭޓު، ޙަސަން މޫސާ (ޙަސަން)، އުސްގެ / ތ. ކަނޑޫދޫ، މި ދެ ކެނޑިޑޭޓުންގެ ތެރެއިން، ޙަސަން މޫސާ، އުސްގެ / ތ. ކަނޑޫދޫ އަކީ ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ
12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެނޑިޑޭޓެއްގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރެއިން ޝަރުތު އުނިވެފައިވާ މީހެއް ކަމަށްވާތީ،2021 ޖެނުއަރީ 13 ވީ ބުދަ ދުވަހު ބޭއްވި ކޮމިޝަނުގެ ޖަލްސާއިން އޭނާގެ ކެނޑިޑެސީ ބާޠިލްކޮށްފައިވާތީ،
ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ތިރީގައި ދެންނެވިފައިވާ ފަރާތް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
|
ކެނޑިޑޭޓު ނަންބަރު |
ނަމާއި ދާއިމީ އެޑްރެސް |
ކުރިމަތިލާފައިވާ ޙައިޘިއްޔަތު |
|
ކެނޑިޑޭޓު ނަންބަރު 3 |
އަޙްމަދު ރީޙާން، ރީޙުއްޞަބާ / ތ. ކަނޑޫދޫ |
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ |
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
04 ރަޖަބު 1442
