ދިވެހިރާއްޖެ
(IUL)337/337/2021/11 ނަމްބަރ
އިޢުލާން
"މަދަހަ ރަންއަޑު" އާއި ގުޅޭ
މޯލްޑިވްސް މިއުޒިކް އެންޑް އާރޓްސް ސެންޓަރާއި ވީޓީވީ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "މަދަހަ ރަންއަޑު" ސިލްސިލާގެ މަދަހަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ވާޗުއަލް 2 ވަނަ މަދަހަ މުބާރާތެވެ. މިމުބާރާތުގައި ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިމުބާރާތަށް ރެކޯޑްކުރާ މަދަހަތައް ސްމާޓް ފޯން ބޭނުންކޮށްގެންވެސް ރެކޯޑު ކުރެވިދާނެއެވެ. މުބާރާތަށް ފޮނުވާ މަދަހަތައް ލައިވް އާޓްގެ ޓެލެގްރާމް ނަންބަރު 7993872 އާއި [email protected] އަށް ފޮނުވުމުން އެޑިޓްކުރުމަށްފަހު މުބާރާތް އޮންނަ ހަފްތާގައި ވީޓީވީ އިން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި 5 އަހަރާއި 35 އަހަރު ނުފުރޭ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް https://forms.gle/VnaW7KrbriQua4zDA ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
މުބާރާތުގައި ކިޔަން ޖެހެނީ އަލަށް ހަދާ ޅެމެކެވެ. ނަމަވެސް ކުރީގެ ރާގަކަށް ހުށަހެޅިދާނެއެވެ. މުބާރާތުގައި ކިޔާ މަދަހަތަކުގެ ޅެން ފޮނުވަންޖެހޭ ފަހުގެ ތާރީޚަކީ 24 ފެބުރުވަރީ 2021 ގެ ކުރިންނެވެ. އަދި މުބާރާތަށް ފޮނުވާ ވާޗުއަލް ވީޑިއޯ ފޮނުވަން ޖެހޭ އެންމެ ފަހު ތާރީޚަކީ 28 ފެބުރުވަރީ 2021 އެވެ.
މިމުބާރާތުގައި ބައިވެރިންގެ ތެރެއިން މުޅި މުބާރާތުން 1 ވަނައަށް އަންނަ ފަރާތަކަށް 5000 ރުފިޔާގެ ފައިސާ އިނާމު، 2 ވަނަ އަށް އަންނަ ފަރާތަކަށް 3000 ރުފިޔާ އަދި 3 ވަނަ އަށް އަންނަ ފަރާތަކަށް 2000 ރުފިޔާ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެސް.އެމްއެސް މެދުވެރިކޮށް ބެލުންތެރިންގެ ހޮވުން (ވިޔުއާސް ޗޮއިސް) 1ވަނަ، 2ވަނަ އަދި 3 ވަނަ އަތޮޅު އަދި 1 ވަނަ 2 ވަނަ އަދި 3ވަނަ ރަށް ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިބަޔަށްވެސް އިނާމާއި ސެޓްފިކެޓް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިމުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9990997 ނުވަތަ 9586998 އަށް ގުޅުއްވުން އެދެމެވެ.
04 ރަޖަބު 1442
16 ފެބުރުވަރީ 2021