ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް 'އެންޑްޕޮއިންޓް ސެކިއުރިޓީ' ލައިސެންސް ހޯދުމާއިބެހޭ
ނަމްބަރު:TENDER/HMH/2021/002-R1
ހުޅުމާލެ ހޮސްޕިޓަލަށް Endpoint Security ލައިސެންސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ، އެއިއުލާން ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ތިރީގައި މިވަނީ ބޭނުންވާ އައިޓަމްގެ ތަފްސީލެވެ.
ހޯދަން ބޭނުން ތަކެތީގެ ތަފްސީލް:
Quantity |
Item |
200(Nos) |
Endpoint Security License Including: 93 (Nos) of User License 05 (Nos) of Server subscription 02 (Nos) of mail server subscription |
Core Features |
|
Core functionality:
|
|
Administration:
|
|
Platform Coverage:
|
|
Endpoint Features:
Endpoint Software should be capable of pushing client installation/uninstallation from centralized location. |
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- މަތީގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީން އައިޓަމްތަކަށް އަގު ހުށަހެޅުން.
- އަގު ހުށަހަޅުއްވާނީ 200 ލައިސެންސް ސަޕްލައިކުރުމަށެވެ. ސާވަރގެ 05 ލައިސެންސް އަދި 02 އީމެއިލް ލައިސެންސް ހިމެނޭގޮތަށެވެ.
- ކޮންމެ ލައިސެންސްގެ މުއްދަތަކީ (ވެލިޑިޓީ) 1 (އެކެއް) އަހަރު ކަމުގައި ވާންވާނެއެވެ.
- މަތީގައި ދެންނެވިފައިވާ ފަދައިން ޕްރޮޕޯސަލް ހުށަހަޅަންވާނީ ‘Endpoint Security’ ލައިސެންސް ސަޕްލައިކުރުމަށެވެ.
- މި ލައިސެންސް ވާންވާނީ ސިންގަލް އެޑްމިނިސްޓްރޭޝަން ސާވަރއިން މެނޭޖްކުރެވޭނެ ލައިސެންސްއަކަށެވެ.
- ހޮސްޕިޓަލުން ބޭނުންވެއްޖެނަމަ، ލައިސެންސް އިންސްޓޮލޭޝަން ނުވަތަ ކޮންފިގަރޭޝަންގެ މަރުހަލާގައި ޓެކްނިކަލް ސަޕޯޓުދޭންވާނެއެވެ.
- މިމަސައްކަތް އެވޯޑްކުރެވޭ ފަރާތާއިއެކު 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަކަށް މިޚިދުމަތް ހޯދުމަށް (ލައިސެންސް އާކުރުމަށް) އެގްރިމެންޓް ކުރެވޭނެއެވެ.
- މިމަސައްކަތް އެވޯޑްކުރެވޭތާ 10 (ދިހައެއް) ދުވަސްތެރޭގައި އިންސްޓޮލޭޝަންގެ މަސައްކަތް ފުރިހަމަކުރަންވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި
- އަންދާސީ ހިސާބު
- ސަޕްލައިކޮށްދެވޭނެ އަގު
- ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 30 ދުވަސް ވާންވާނެއެވެ.
- ކުންފުނީގެ މައުލޫމާތު
- ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ)
- ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
- ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ
- ވޭތުވެދިޔަ ތިން މަސްދުވަހުގެ (އޮކްޓޯބަރ/ނޮވެމްބަރ/ޑިސެމްބަރ) ބޭންކް ސްޓޭޓްމަން ނުވަތަ 2019 ވަނަ އަހަރުގެ އޯޑިޓް ރިޕޯރޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ) ހުށަހަޅަން ވާނެއެވެ.
- މަސައްކަތުގެ ތަޖްރިބާ ހުރިމިންވަރު ދެނެގަތުމަށް ލިޔުން ހުށަހެޅުން
- ވޭތުވެދިޔަ 2 (ދޭއް) އަހަރު ދުވަސްތެރޭ ( ޖެނުއަރީ 2018 އިން ފެށިގެން ޑިސެންބަރ 2020 އަށް) މިމަސައްކަތާއި ގުޅުންހުރި ގޮތުން ކޮށްފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުންތައް ( އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުންތައް) ހުށަހެޅުން.
- ތަޖުރިބާއަށް މާކްސް ދިނުމުގައި ހުށަހަޅައިފައިވާ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ. ސައްހަކަން ކަށަވަރުނުވާ ސިޓީތައް އެވެލުއޭޝަނުގައި ބައިވެރި ނުކުރެވޭނެއެވެ.
( މުހިއްމު ނޯޓް: އަގުތައް ނުހުންނަ ލިޔުންތައް ބަލައި ނުގަނެވޭއެވެ.)
-
- މަސައްކަތާއި ގުޅުން ހުރިކަމަށް ބެލެވޭނީ އެންޑްޕޮއިންޓް ލައިސެންސް ސަޕްލައިކުރުމާއި އިންސްޓޯލުކުރުން / ޑިޕްލޯއިކުމުރުގެ މަސައްކަތާއި ގުޅޭގޮތުން ހުށަހަޅާ ލިޔުންތަކެވެ.
- މިބިޑަށް މާކްސް ދެވޭނީ މި މައުލޫމާތުކަރުދާހުގައި ހިމަނައިފައިވާ އިވެލުއޭޝަން ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެވޯޑުކުރުން
އަގު |
80 ޕޮއިންޓް |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް (ޕްރޯރާޓާ އުސޫލުން) |
ތަޖްރިބާ |
20 ޕޮއިންޓް |
މަސައްކަތުގެ ތަޖްރިބާއަށް މާރކްސް ދެވޭނީ ހުށަހަޅާ ލިޔުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އަގަށް ބިނާކޮށް ތިރީގައި މިދަންނަވާ ގޮތުގެ މަތީންނެވެ. |
މަސައްކަތުގެ ތަޖުރިބާ |
ޕޮއިންޓް |
30,000ރ އަށް ވުރެން ދަށް |
5 |
30,001ރ އާއި 50,000ރ ދެމެދު |
10 |
50,001ރ އާއި000 ,100ރ ދެމެދު |
15 |
100,001ރ އަށް ވުރެ މަތި |
20 |
އަންދާސީ ހިސާބު ހުށަހަޅާނެގޮތް
ސީލް ކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައި.
BID REFERENCE: TENDER/HMH/2021/002-R1
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350113
ބީލަން ހުށަހެޅުން
ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ހުޅުމާލެ ހޮސްޕިޓަލުގެ މީޓިންގް ރޫމަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓު:
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350113 / 3350111 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
16 ފެބްރުއަރީ 2021