ދިވެހިރާއްޖެ
މަޑަވެލީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރުއްތަކެއް ވަރުވާއަށް ދޫކުރުމާއި ބެހޭ!
މަޑަވެލި އިންޖީނުގޭގެ (ފެނަކަ – ގދ. މަޑަވެލި ބްރާންޗް) ސަރަހައްދުގައިވާ، މިއިދާރާގެ ބެލުމުގެ ދަށުގައިވާ 6 (ހަޔެއް) ރުށް އެންމެމަތީ އަގެއް ހުށަހަޅާ ފަރާތަކަށް ވަރުވާއަށް ދޫކުރުމަށް 2021 ވަނަ އަހަރުގެ 05 ވަނަ ޢާންމު ބައްދަލުވުމުންވަނީ ނިންމާފައެވެ.
ރުކެއް ވަރުވާއަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ 20.00ރ (ވިހި) ރުފިޔާ އެވެ. ރުއްތައް ވަރުވާއަށް ދޫކުރެވޭ މުއްދަތަކީ 1 (އެކެއް) އަހަރެވެ. ނަމަވެސް، ރުއްތައް ވަރުވާއަށް ހިފާ ފަރާތުން އެގްރިމެންޓަށް މުއްދަތު އިތުރު ކުރަން ލިޔުމުން މިއިދާރާގައި އެދިއްޖެހިނދެއްގައި އެގްރިމެންޓަށް މުއްދަތު އިތުރުކުރެވިދާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން ރުއްތައް ވަރުވާއަށް ނަގާނެ ކުލި ބަޔާންކޮށް ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި، 2021 ފެބްރުއަރީ 23 ވަނަ ދުވަހުގެ މެންދުރުފަހު 13:30 އަށް ގދ. މަޑަވެލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަގުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.