ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ!

ޤަބުރުސްތާން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ!

 

ގދ. މަޑަވެލީ 2 ޤަބުރުސްތާން (މަޑަވެލި ޤަބުރުސްތާނާއި ބަރާސިލު ޤަބުރުސްތާން) ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ހޮވޭ ފަރާތަކަށް އުޖޫރައިގެ ގޮތުގައި މަހަކަށް -/3000ރ. (ތިންހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން އަގެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިކަމަށް މީހަކު ހޮވުމުގައި ތިރީގައި މިވާ ކަންތައްތަކަށް އިސްކަން ދެވޭނެއެވެ.

 

  • §        އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތް
  • §        ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ ފިރިހެނަކަށް ވުން
  • §        ކޮންމެ ދުވަހަކު ޤަބުރުސްތާން ސާފުކުރުމުގެ މަސައްކަތުގައި އުޅެވޭނެފަދަ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކަށްވުން ނުވަތަ ޤަބުރުސްތާން ސާފުކުރުމުގެ މަސައްކަތް އެހެން ފަރާތެއް ލައްވައި ކުރުވުމުގެ ޤާބިލުކަންހުރި ފަރާތަކަށްވުން

 

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ 6480006 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި 24 ފެބްރުއަރީ 2021ވަނަ ދުވަހުގެ ހެނދުނު 11:45 ގެ ކުރިން މިމަސައްކަތް ކުރެވޭނެ އަގު މަޑަވެލީ ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމަށް ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

15 ފެބުރުވަރީ 2021
ހޯދާ