ދިވެހިރާއްޖެ
ނަންބަރ: (IUL)414/414/2021/12
އިޢުލާން
ކުނިގޮނޑު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
ގއ ކަނޑުހުޅުދޫ ކުނިގޮނޑު ސާފުކޮށް ބަލަހައްޓާ ދޭނެ ފަރާތެއް ބޭނުންވެއްޖެ.
ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 17 ފެބުރުއަރީ 2021 ވާ ބުދަ ދުވަހު 13:30ށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 25 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހު 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މާކުސް ދޭނެ ގޮތް:
އަގަށް: %70 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)
ތަޖްރިބާ: %30
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓްފިކެޓް އޮފް ރަޖިސްޓްރޭޝަން ކޮޕީ.
- އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- އެހެން އިދާރާއެއްގައި ނުވަތަ ތަނެއްގައި މިފަދަ މަސައްކަތްތަކެއް ކޮށްފައިވާނަމަ ތަޖްރިބާގެ ލިޔުން ހުށަހެޅުން ތަޖްރިބާގެ ލިޔުން ހުށަނާޅާ ފަރާތްތަކަށް ތަޖްރިބާގެ ބަޔަށް މާކުސް ނުދެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
އަންދާސީ ހިސާބު 25 ފެބުރުއަރީ 2021 ވަނަ ދުވަހު 11:00 އަށް މި އިދާރާއަށް ހުށަހަޅާއިރު، ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ސިޓީ އުރައިގެ ބޭރުގައި އިއުލާން ނަމްބަރާއި އަދި "ގއ ކަނޑުހުޅުދޫ ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުން" ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައި މިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.
ގއ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ކަނޑުހުޅުދޫ، ދިވެހިރާއްޖެ
މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.
03 ރަޖަބު 1442
15 ފެބުރުއަރީ 2021