މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަނަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

(IUL)294-D/294/2021/11ނަމްބަރު:

ނ. މަނަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

            މިއިދާރާގެ ޖަލްސާކުރާމާލަމް މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތައް އަމިއްލަ ތަކެތީގައި

މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

             ވީމާ ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ

13:00 އަށް މިއިދާރާއަށް ދުރުވެ ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00

އަށް މިއިދާރާއަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

              އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންބަޔާންކޮށް ސިޓީއެއް

އަންދާސީ ހިސާބު ހުށައެޅުމުގެ 15 މިނެޓް ކުރިން މިކައުންސިލަށް ހުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ

ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2021
ހޯދާ