ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް ޕޫލް އެކުލަވާލުމާއި ދަފުތަރެއް އެކުލަވާލުމާއި ގުޅޭ

 

 

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

މާމެންދޫ

ދިވެހިރާއްޖެ

 

 

 

 

 

 

 

 

 

Secretariat of the Maamendhoo Council

Laamu Maamendhoo

Republic of Maldives

 

c

     

                                                ނަންބަރު: (IUL)403-A/403/2021/39

އިޢުލާން

 

ވޭޖް އުޞޫލުން މިރަށުގެ މިސްކިތްތަކުގައި ވަގުތީގޮތުން މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އިމާމުން، މުދިމުން، އަދި މަސައްކަތު މީހުންގެ ދަފްތަރެއް އެކުލަވާލުމާއި ގުޅޭ:

        މިއިދާރާގެ ނަންބަރު:(IUL)403-A/403/2020/179 (02 ނޮވެންބަރު 2020) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވާ ވަރަށް ޝައުޤުވެރިކަން ފައުޅުކޮށްފައިނުވާތީ، އަލުން މި މަޤާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލަމެވެ. 

          މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މަސައްކަތު މީހުން ސަލާމުގައި ހުންނަ ދުވަސްތަކުގަ އާއި، އާއިލީޒިންމާ އަދި އަހަރީ ޗުއްޓީ ނަގާ ދުވަސްތަކުގެ އިތުރުން ދާއިމީ އިމާމެއް ނުވަތަ މުދިމެއް ވަޒީފާއިން ވަކިވުމުން، އެމަޤާމަށް ދާއިމީ މުވައްޒަފެއް ހަމަޖެހެންދެން، ފަދަ ޙާލަތްތަކުގައި ވަގުތީގޮތުން މަސައްކަތްތަކާއި ޙަވާލުވާނެ ފަރާތްތަކެއް ހޯދައި އެފަދަ ފަރާތްތަކުގެ ދަފްތަރެއް ރަޖިސްޓްރީ ކުރުމަށް މިކައުންސިލުން ބޭނުން ވެއެވެ. މިގޮތަށް މި ވަޒީފާ ތަކުގައި ވަގުތީގޮތުން މަސައްކަތް ކުރައްވާ ފަރާތްތަކަށް އުޖޫރަ ލިބޭނެގޮތް ތިރީގައި މިވަނީއެވެ.

1-      ސަނަދު އޮތް އިމާމެއް ނަމަ ކޮންމެ ނަމާދު ވަގުތަކަށް -/61 (ފަސްދޮޅަސް އެއް ރުފިޔާ)

2-      ސަނަދުނެތް ނަމަވެސް (ޤުރުއާން ރީއްޗަށް ކިޔަވަން އެންގުން، ބަންގި ގޮވުމާއި، ނަމާދުކުރަން އެނގޭ ފަރާތަކަށްވުން) ކޮންމެ ނަމާދު ވަގުތަކަށް -/53 (ފަންސާސް ތިން ރުފިޔާ)

3-      މަސައްކަތު މީހަކަށް ކޮންމެ ދުވަހަކު 5 ގަޑިއިރަށް ކޮންމެ ގަޑިޔަކަށް -/45 (ސާޅީސް ފަސް ރުފިޔާ)

          މި މަސައްކަތް ކުރަންވީގޮތުގެ އުޞޫލު އެކުލަވާލުމަށްފަހު ޕޫލްގައި ރަޖިސްކުރެވޭ ފަރާތްތަކާއި ޙިއްސާ ކުރެވޭނެއެވެ. މި އިޢުލާނުގެ ދަށުން ޕޫލުގައި ރަޖިސްޓްރީކުރެވޭ މީހުން ނަގާނީ މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ޕޫލަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިމާމުން، މުދިމުންގެ ގޮތުގައި ޕޫލްގައި ރަޖިސްޓްރީ ކުރެވޭނީ އެފަރާތްތަކަކީ ޤުރުޢާން ކިޔަވަންއެނގޭ އަދި ބަންގި ގޮވައި ނަމާދުކުރަން އެނގޭ ފަރާތެއްކަން ކައުންސިލުން ޔަޤީން ކުރުމަށް ފަހުގައެވެ. 

          ވީމާ،ޕޫލުގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ފެބުރުވަރީ 25 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އައި.ޑީ ކާޑުގެ ކޮޕީ އާއިއެކު މި އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6800705 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

29 ރަބީޢުލްއާޚިރާ 1442ހ.

                                11 ފެބުރުވަރީ 2021މ.  

 

                                                                     ޙަބީބާ ޢަލީ

        ޑިރެކުޓަ

11 ފެބުރުވަރީ 2021
ހޯދާ