ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ތަނުގެ ސްޓަރަކްޗަރގެ (ފޭސް-1) މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާންގެ މުއްދަތު އިތުރުކުރުން

ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑްޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ތަނުގެ ސްޓަރަކްޗަރގެ (ފޭސް-1) މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާންގެ މުއްދަތު އިތުރުކުރުން

 ނަންބަރު: IUL/HMH/2021/001

ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ތަނުގެ ސްޓަރަކްޗަރގެ (ފޭސް-1) މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާންގެ  TENDER/HMH/2021/003މައުލޫމާތު ކަރުދާހަށް ބަދަލުތަކެއް ގެނައުމަށް ހޮސްޕިޓަލުގެ މެނޭޖްމަންޓްއިން ނިންމާފައިވާތީ، މި ބިޑުގައި ރެޖިސްޓްރީވުމުގެ މުއްދަތު 17 ފެބްރުއަރީ 2021 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން:

މި ބިޑާއި ގުޅިގެން ބޭއްވޭ ޕްރީބިޑް ބައްދަލުވުން 18 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހޮސްޕިޓަލުގެ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

ހުށަހަޅަންޖެހޭ ތަކެތި

މި ބިޑުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، [email protected]  އަށް އީމެއިލްއަށް 17 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވުން އެދެމެވެ. މިގޮތަށް ރަޖިސްޓްރޭޝަން ހަމަޖައްސާފައިވަނީ، މިދުވަސްކޮޅަކީ ކޮވީޑް-19 ހަލުވިގޮތެއްގައި ފެތުރެމުންދާ ދުވަސްކޮޅަކަށް ވެފައި، ހޮސްޕިޓަލަށް ޒިޔާރަތް ކުރުމަކީ އެންމެ ރައްކާތެރިގޮތްކަމުގައި ނުވާތީއެވެ.

މިބިޑަށް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު، ކުންފުނީގެ ބޭންކް އެކައުންޓްގައި މިޕްރޮޖެކްޓަށް ހުށަހަޅާ އަގުގެ 50% ބޭންކް އެކައުންޓްގައި ހުރިކަން އަންގައިދޭ ބޭންކް ސްޓޭމްޕް ކުރެވިފައިވާ ސްޓޭޓްމަންޓްއެއް ހުށަހަޅަން ޖެހޭނެއެވެ. މީގެއިތުރުން މި ބިޑަށް ހުށަހަޅަންޖެހޭ ބިޑް ސެކިއުރިޓީ ބަލައިގަންނާނީ ރާއްޖޭގައި ހިދުމަތް ފޯރުކޮށްދޭ ބޭންކަކުން ދޫކުރާ ބޭންކް ގެރެންޓީއެއް ނުވަތަ ކެޝިއަރސް ޗެކް އެކަންޏެވެ.

މިބިޑްގައި ބައިވެރިވެވޭނީ އެންސީއާރު ހުއްދަލިބިފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

25 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

 

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 24 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

14 ފެބުރުވަރީ 2021
ހޯދާ