ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ރެޑީމޭޑް ޕާޓިޝަން (ވޯކްސްޓޭޝަން) ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އޮތޯރިޓީގެ މުވައްޒަފުން މަސައްކަތްކުރުމަށް ބޭނުންވާ ރެޑީމޭޑް ޕާޓިޝަން (ވޯކްސްޓޭޝަން) ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިއޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިއެވާ، ދުވަސްތަކުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީ (މއ.ކަނޑުބަލާގެ، ބުރުޒުމަގު، މާލެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

16 ފެބުރުވަރީ 2021

10:00 (ހެނދުނު)

ލޭބަރ ރިލޭޝަންސް އޮތޯރިޓީ (މއ.ކަނޑުބަލާގެ، ބުރުޒުމަގު، މާލެ)

ބީލަން ހުށަހެޅުން

25 ފެބުރުވަރީ 2021

10:00 (ހެނދުނު)

ލޭބަރ ރިލޭޝަންސް އޮތޯރިޓީ (މއ.ކަނޑުބަލާގެ، ބުރުޒުމަގު، މާލެ)

  • 25 ފެބުރުވަރީ 2021 ގެ ހެނދުނު 10:00 ގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ.
  • ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައެވެ.
  • ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރައްވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3328282 ނުވަތަ 3328281 ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

 

 

11 ފެބުރުވަރީ 2021
ހޯދާ