ދިވެހިރާއްޖެ
ނަންބަރު: (IUL)262/262/2021/6
ވަޒީފާގެ ފުރުޞަތު
އިޢުލާނު
|
|
މަޤާމު: |
އެސިސްޓެންޓް ޑިރެކްޓަރ |
މަޤާމުގެ ނަންބަރު: |
J-230784 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް.އެސް 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޑިރެކްޓަރ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ |
މުސާރަ: |
މަހަކު 7035.00 (ހަތްހާސް ތިރީސް ފަސްރުފިޔާ) |
ސަރވިސް އެލަވަންސް: |
-/2000 ރުފިޔާ |
އެހެނިހެން އެލަވަންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. ސަޕޯޓިންގ ކޯ އެލަވަންސް -/900 (ނުވަ ސަތޭކަ ރުފިޔާ) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1 ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއިއެކު އެނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. 2 ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން . 3 ކައުންސިލަށް ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ އެއް ޤަވާއިދުގައިވާ ފޯމެޓާއި އެއްގޮތަށް ތައްޔާރުކޮށް މިލިސްޓް ކައުންސިލްގެ ފައިނޭންސް ބަލަހައްޓާ ސިސްޓަމުގައި އުނި އިތުރުތައް އަޕްޑޭޓްކުރުމުގެ މަސައްކަތް ހިނގާގޮތް ބެލުން 4މާލިއްޔަތު ޤަވާއިދު 2017 ޤާނޫނު މާއްދާ 15.02 އެނެކްސް، ކައުންސިލްގެ މާލީ ބަޔާން ކަނޑައަޅާފައިވާ ފޯމެޓްގައި ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ/ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމުގެ މަސައްކަތް ބަލާ ސްޕަވައިޒްކުރުން 5 ފައިސާ އާއި ގުޅޭ ރިޕޯރޓްތަށް އެލް.ޖީ.އޭ އިން ކަނޑައަޅާފައިވާ ފޯމެޓަށް ތައްޔާރުކޮށް މަހުން މަހަށް ފޮނުވާތޯ ބަލައި ސްޕަވައިޒް ކުރުން 6 މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ސްޕަވައިޒް ކުރުން 7 ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ގުޅޭ ކަންކަން ހިނގާގޮތް ބެލުން 8 ކައުންސިލުން ހިންގުމަށް ނިންމާ ޕްރޮޖެކްޓް ތަކުގެ ބިޑިންގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގައި އަދި ކައުންސިލަށް ހޯދަންޖެހޭ އެންމެހާ ހިދުމަތްތަކާއި ތަކެތި ހޯދުމުގައި ކުރަންޖެހޭ ކަންކަން ހިނގާގޮތް ބެލުން 9 ކައުންސިލްގެ ސްޓޮކް ބެލެހެއްޓުމާއި ގުޅޭ ކަންކަން ހިނގާ ގޮތް ބެލުން 10 ޔުނިޓްގެ އިސް މުވައްޒިފުގެ ހައިސިއްޔަތުން މުވައްޒަފުންގެ މަސައްކަތްތައް ސްޕަރވައިޒްކުރުން 11 ކައުންސިލްގެ ބެންކް އެކައުންޓްތަށް މަހަކު އެއްފަހަރު ޗެކްކޮށް ރިކޮންސައިލް ކުރުމުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުން 12 މުވައްޒިފުންނަށް މުސާރަ ދިނުމަށްޓަކާ މަހުންމަހަށް ކުރަންޖެހޭ އެންމެހާ ކަންކަން ހިނގާގޮތް ބެލުން 13 މުވައްޒިފުން ތަމްރީންކުރުމާއި ގުޅޭ އެންމެހާ ކަންކަން ހިނގާގޮތް ބެލުން 14 ދައުލަތުގެ ބަޖެޓުން ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާގެ ހިސާބުތަށް ބެލެހެއްޓުމާއި އެކު އެ ފައިސާ ކައުންސިލްގެ އެކައުންޓަށް ގެނައުމުގެ އެންމެހައި ކަންކަން ހިނގާގޮތް ބެލުން 15 މުވައްޒަފުންގެ ޗުއްޓީ، ސަލާމުގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ސްޕަވައިޒްކުރުން 16 މުވައްޒަފުންގެ ޙާޟިރީއާއި ގުޅޭ އެންމެހާ މަސައްކަތްތައް،ސްޕަވައިޒްކުރުން 17 ކައުންސިލް އިދާރާގެ އޮނިގަނޑުގައިވާ ދާއިމީ މުވައްޒަފުންނާއި / ކޮންޓްރެކް / ވަގުތީ މުވައްޒަފުން ނެގުމުގެ އެންމެހާ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުން 18 ސްޓާފް މީޓިން ތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި ގުޅޭ ކަންކަން ސްޕަވައިޒް ކުރުން 19 އާއަހަރަށް ލަފާކުރާ ބަޖެޓް އެކުލަވާލާ ކައުންސިލްގެ ލަފާގެމަތީން ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ބަޖެޓް ތައްޔާރުކޮށް ބަޖެޓް ފާސްކުރުމުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުން |
މަޤާމުގެ ޝަރުޠުތައް: |
1 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން .
|
ތަޢުލީމީ ރޮނަގުތައް: އެޑްމިނިސްޓްރޭޝަން ބިޒްނަސް އެޑްމިނިސްޓްރޭޝަން ބިޒްނަސް މެނޭޖްމަންޓް މެނޭޖްމަންޓް ޕަބްލިކް އެޑްމިނިސްޓްރޭޝަން
ޕްރިފަރޑް ޑިސިޕްލިންތައް: ބިޒްނަސް އެޑްމިނިސްޓްރޭޝަން ބިޒްނަސް މެނޭޖްމަންޓް ޕަބްލިކް އެޑްމިނިސްޓްރޭޝަން
މަޤާމުގެ ކޯ ޑިސިޕްލިންތައް: ނެތް |
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް |
އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ފެބުރުއަރީ 2021 ގެ 12:00 ގެ ކުރިން، (ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،2021 ފެބުރުއަރީ 25 އާއި 10 މާރޗް 2021އާއި ދެމެދު ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލް އިދާރާގައެވެ. ނުވަތަ މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. އަދި މި މުއްދަތުގެ ތެރޭގައި އިންޓަވިއު ނުބޭއްވޭނަމަ ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއު ކުރަންޖެހޭ މީހުންނަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6520045 އަށެވެ. އީ-މެއިލް ކުރާނީ [email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |