ދިވެހިރާއްޖެ
މިރަށު މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުން، މުދިމުން އަހަރީޗުއްޓީއާއި އާއިލީޒިންމާޗުއްޓީ އަދި ސަލާމް ފަދަ ޗުއްޓީތައް ނެގުމުން ޕޫލް އުޞޫލުން މިސްކިތު އިމާމުން، މުދިމުން ހޯދުމަށް ބޭނުންވެއެވެ.
| މަޤާމު: | އިމާމުން/މުދިމުން(ފިރިހެން) އަދި މުދިމުން(އަންހެން) | ||
| ބޭނުންވާ އަދަދު: | އިމާމުން/މުދިމުން (ފިރިހެން) 4 (ހަތަރެއް) މުދިމުން (އަންހެން) 3 (ތިނެއް) 
 | ||
| މަޤާމުގެ ގިންތި: | ވަގުތީ | ||
| ވަޒީފާ އަދާކުރަންޖެހޭ ތަން | ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ / ދ.މީދޫ | ||
| މަޤާމް | ރޭންކް | އުޖޫރަ | ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު | 
| އިމާމް | ޖީ.އެސް 3 | 61.00 ރުފިޔާ | 05 ގަޑިއިރު | 
| މުދިމު (އިމާމުކަމުގެ ޝަރުތު ހަމަނުވާ ނަމަ) | ޖީ.އެސް 1 | 53.00 ރުފިޔާ | 05 ގަޑިއިރު | 
| މުއްދަތު | 01 އަހަރު | ||
| ސަރވިސް އެލަވަންސް | ނެތް | ||
| އިމާމުން/މުދިމުންގެ (ފިރިހެން) މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
 | ||
| މުދިމުންގެ (އަންހެން) މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
 | ||
| މަޤާމުގެ ޝަރުޠު: 
 
 
 | އިމާމް: މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ސާބިތުކޮށްދިނުމާއެކު، - މުދިމުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ - ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ - ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 
 މުދިމު: - ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން ނުވަތަ - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރި މީހަކަށްވުމާއެކު، ޤުރުއާން ރީއްޗަށް ކިޔަންއެގުން ،ބަންގި ގޮވުމާއި ޤަމަތް ދިނުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން އަދި ހުރިހާ ނަމާދު ވަގުތަކަށް ޙާޟިރުވެވޭ ، ލިޔަންކިޔަން ދަންނަ މީހެއްކަމުގައިވުން. 
 
 | ||
| ހުށައަޅަންޖެހޭ ލިޔުންތައް: | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު 
 
 
 
 
 | ||
| 
 
 | |||
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: | 1. ތަޢުލީމާއި ތަމްރީނު 2. މަސައްކަތު ތަޖުރިބާ 3. ލިބިފައިވާ ހުނަރު | ||
| މަޤާމަށް އެދެންވީގޮތާއި ސުންގަނޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | ||
| ޝޯޓް ލިސްޓްކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. | ||
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 21 ފެބްރުއަރީ 2021 އާއި 11 މާރޗް 2021 އާ ދެމެދު، ނިލަންދެއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރާ ގައެވެ. 
 | ||
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760042 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. | |||
11 ފެބްރުއަރީ 2021
 
                    