މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މޯލްޑިވްސް މެރައިން ރިސާރޗް އިންސިޓިއުޓް ގެ ފަރާތުން ކުރިޔަށްގެންދާ ސާރވޭގެ މަސައްކަތްކުރުމަށް، ހދ.އަތޮޅަށް ދަތުރުކުރުމަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުމަށް

 

`

   ނަންބަރު:   (IUL)30-C/30/2021/35

 

1 ވަނަ އިޢުލާން

އިޢުލާން

 

                  މިމިނިސްޓްރީގެދަށުން ހިންގަމުންދާ މޯލްޑިވްސް މެރައިން ރިސާރޗް އިންސިޓިއުޓް ގެ ފަރާތުން ކުރިޔަށްގެންދާ ސާރވޭގެ މަސައްކަތްކުރުމަށް، ހދ.އަތޮޅަށް ދަތުރުކުރުމަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

                  ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

 

                  މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ3028703 އަދި3339282 ނަންބަރު ފޯނަށެވެ.

 

 

              29 ޖުމާދުލްއާޙިރާ 1442

11 ފެބުރުވަރީ 2021
ހޯދާ