ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢްވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ހއ. އަތޮޅު މަދަރުސާގައި ސޭފް ރޫމެއް ހެދުމަށް ބޭނުއްވެއްޖެއެވެ.

1         މި މަދަރުސާގައި ސޭފްރޫމެއް ހެދުމަށް ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2         މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ފެބްރުވަރީ 11 ން 2021 ފެބްރުވަރީ 16 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި މަދަރުސާގެ އޮފީހަށް ވަޑައިގެން ނުވަތަ ފޯނުން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ފެބްރުވަރީ 18 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ފެބްރުވަރީ 22 ވަނަ ދުވަހުގެ 11:00 ގައި މި މަދަރުސާގެ މީޓިންގ ރޫމުގައެވެ.

5         މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5000.00 (ފަސްހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.

6         މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7         ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހއ. އަތޮޅު މަދަރުސާ

ހއ. ހޯރަފުށި / ދިވެހިރާއްޖެ

ފޯން:  6500296 / 6500294

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

 

 29 ޖުމާދަލް އާޚިރާ 1442

  11 ފެބްރުވަރީ 2021

11 ފެބުރުވަރީ 2021
ހޯދާ