ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ކަލައިދޫ ކައުންސިލްގެ ޓްރަސްޓް ފަންޑުން ކަލައިދޫގެ ރައްޔިތުންނަށް ލުއި ލޯނު ދޫކުރުމުގެ އުސޫލް 2018 އަށް ހުށަހެޅި 3 ވަނަ އިސްލާހް

މާއްދާ-7- ލޯނަށްއެދިހުށަހެޅުމާއި،ލޯނުލިބޭނެފަރާތްކަޑައެޅުން.

 

ހުށަހެޅުނު އިސްލާހް:

7

7.6 ލޯނު ކޯރޑިނޭޝަން ކޮމެޓީއިން ފޯމް އިވެލުއޭޓް ކުރުމުގެ ކުރިން ލޯނަށް އެދޭ ފަރާތުން ލޯނު ފޯމަށް އިސްލާޙެއް ގެންނަން ބޭނުންވާނަމަ އެ ފުރުސަތު 2 ފަހަރު ދެވޭނެއެވެ. އެގޮތުން އިސްލާޙް ގެނެވޭނީ ގެރެންޓާރ ގެ މަޢުލޫމާތު ބަދަލުކުރުމަށެވެ. އަދި   ލޯނު ކޯރޑިނޭޝަން ކޮމެޓީއިން ފޯމް އިވެލުއޭޓް ކުރުމުގެ ފަހުން އެގްރީމަންޓްގައި ސޮއިކުރުމަށް ކޯޓަށް ފޮނުވުމަށް ނިންމާ ލޯނު ލިބޭފަރާތަށް އަންގާ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ގެރެންޓަރ ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދެވޭނެއެވެ. ކޯޓަށް ފޮނުވާތާ 7 ދުވަސް ތެރޭ ގެރެންޓަރ ހާޒިރު ނުވެއްޖެ ނަމަ އެ ލޯނު ފޯމް ކެންސަލް ކުރެވޭނެއެވެ.

 

 

7.7 ލޯނަށް އެދޭ ފަރާތުގެ ރަށުގައި ހުރި ފިހާރަތަކާއި ހޮޓާތަކުގެ ދަރަނި ކޯޑިނޭޓިންގ ކޮމިޓީއިން އިވެލުއޭޝަން މަރުހަލާގައި ބަލަންވާނެއެވެ. އަދި -/5000ރ އަށްވުރެ ބޮޑު ދަރަންޏެއް އޮތް ފަރާތެއް ކަމުގައިވާނަމަ އެފަރާތުގެ ފޯމް ކެންސަލް ކުރެވޭނެއެވެ. ނަމަވެސް މަހުން މަހަށް ދަރަނި ދައްކާފަރާތެއް ކަމުގައި ވާނަމަ އެފަރާތަށް ލޯނު ލިބުމުގެ ފުރުސަތު ދެވޭނެއެވެ. އަދި ދައްކަންޖެހޭ އެއްވެސް ދަރަންޏެއް ބަރާބަރަށް ނުދައްކާ އޮންނަތާ 1 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވާ ފަރާތްތަކުގެ ލޯނު ފޯމް ބާތިލް ކުރެވޭނެއެވެ.

 

11 ފެބުރުވަރީ 2021
ހޯދާ