މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ބީލަމަށް ހުޅުވާލި 5 ރަށުގެ ބިޑް އިވެލުއޭޝަންގެ ނަތިޖާ ޢާންމުކުރުން

މި މިނިސްޓްރީން 08 ފެބްރުވަރީ 2021 ގައި ކުރެވިފައިވާ 30/2021/31/އީ-30  (IUL) އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެވެ.

އިސްވެދަންނަވާފައިވާ އިޢުލާން މެދުވެރިކޮށް މި މިނިސްޓްރީގެ ވެބްސައިޓްގައި ޢާންމުކޮށްފައިވާ މަޢުލޫމާތާއި މެދު ބައެއްފަރާތްތަކަށް އޮޅުން އަރަމުންދާތީވެ ދަންނަވަމެވެ. އެ މައުލޫމާތަކީ، ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި 8 އޮކްޓޫބަރު 2020 ގައި މި މިނިސްޓްރީން ހުޅުވާލި ފަޅުރަށްތަކަށް ބިޑް ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ބިޑްތަކުގެ އިވެލުއޭޝަންގެ ނަތީޖާ (މާރކްސް) ޝީޓްތައް ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިޝީޓް ތަކުގައިވާ ނަތީޖާތަކަށް ބިނާކޮށް ބިޑް ޑޮކިއުމަންޓްގެ އިންވިޓޭޝަން ފޮރ ބިޑް (އައި.އެފް.ބީ) ގެ 13 ވަނަ މައްދާއަށް ރިޢާޔަތްކޮށް، ބިޑް ކާމިޔާބު ކުރައްވާ ފަރާތްތަކަށް އެކަން މި މިނިސްޓްރީން އަންގާނެ ކަމުގައި ވެސް މި ފުރުޞަތުގައި ދަންނަވަމެވެ.  މިމާއްދާގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

13. The ‘Bidder’ shall score no less than 65% of the marks set for each criterion area set in the Clause 12 of IFB to be eligible as the ‘Successful Bidder” .

10 ފެބުރުވަރީ 2021
ހޯދާ