ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްތައް ވަރުވާއަށް ދޫކުރުން

އިޢުލާން

ތާރީޚް:

09 ފެބުރުއަރީ 2021

ނަންބަރު:

(IUL)401-E/401/2021/49

27 ޖުމާދުލްއާޚިރާ 1442

އިޢުލާންގެ ވަނަ:

01

ރައްޔިތުންގެ ރުއްތައް ވަރުވާއަށް ދޫކުރުން

 

ލ. ފޮނަދޫ ރައްޔިތުންގެ ރުއްތައް 01 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، ރުއްތައް ވަރުވާއަށް ނެންގެވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވަރުވާއަށް ނެގުމަށް އެދޭ ފޯމު ދޫކުރުމާއި މަޢުލޫމާތު ކަރުދާސް ދޫކުރުން

ރުއްތައް ވަރުވާއަށް ނެގުމަށް އެދޭ ފޯމްގެ އަގަކީ -/150ރ އެވެ. (ފައިސާ ނުދައްކާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.)

ފޯމް ވިއްކުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި: 10 ފެބުރުއަރީ 2021 (ބުދަ) އިން 18 ފެބުރުއަރީ 2021 (ބުރާސްފަތި) ދުވަހުގެ ނިޔަށް ރަސްމީދުވަސްތަކުގެ 8:00 އިން 12:00 އަށެވެ.(

މިމުއްދަތުގައި މިކައުންސިލްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށް / ޓްރާންސްފަރކޮށް ތަފްޞީލް ފޮނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބޭނެއެވެ.

ފޯމާއި މަޢުލޫމާތު ކަރުދާސް މިއިޢުލާނާ އެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓު www.fonadhoo,gov.mv  އިން ލިބެން ހުންނާނެއެވެ.

 

 

 

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

ފޯމު ހުށަހެޅުމުގެ ސުންގަޑި: 21 ފެބުރުއަރީ 2021 (ހޯމަ)، 13:30

ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅަންޖެހޭތަން: ލ. ފޮނަދޫ ކައުންސިލްގެ އިދާރާ

ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި 'ރުއްތައް ވަރުވާއަށް ނެގުމަށް' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 

ބީލަން ހުޅުވުން: 21 ފެބުރުއަރީ 2021 (ހޯމަ)، 13:30 ގައި ލ. ފޮނަދޫ ކައންސިލް އިދާރާގެ މީޓިންގ ރޫމްގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަ ބީލަންވެރިންގެ ޙާޟިރުގައި

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

 

 

 

 

 

 

 

09 ފެބުރުވަރީ 2021
ހޯދާ