ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްދޫ އިޖުތިމާއީ ޞަރަހައްދު، ކުނިކަހާ، ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

        2021 ވަނަ އަހަރު ލ.އިސްދޫ އިޖުތިމާއީ ސަރަހައްދު ކުނިކަހާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.  

        ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 10 ފެބުރުއަރީ 2021 ވާ (ބުދަ) ދުވަހުން ފެށިގެން 16 ފެބުރުއަރީ 2021 ވާ (އަންގާރަ) ދުވަހާއި ދެމެދު މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަމްބަރ 6800709 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

  •  މައުލޫމާތު ދިނުން 17 ފެބުރުއަރީ 2021 ވާ (ބުދަ) ދުވަހުގެ 13:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން 22 ފެބުރުއަރީ 2021 ވާ (ހޯމަ) ދުވަހުގެ 13:00 ގައި

     ވީމާ، މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މިކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށް ފަހު, އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. ގަޑިޖެހިގެން ބިޑުހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކައުންސިލްގެ ނަމްބަރ 6800709 ފޯނަށް ގުޅުއްވުން އެދެމެވެ.

10 ފެބުރުވަރީ 2021
ހޯދާ