ދިވެހިރާއްޖެ
އިޢުލާން
ލ.ކުނަހަންދޫ ކުނިމެނޭޖު ކުރުމުގެ ނިޒާމްގެ މަސައްކަތް ފެށުން
ލ.ކުނަހަންދޫގައި ކުނި މެނޭޖްކުރުމުގެ ނިޒާމް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ފެށުމައް 1މާރިޗު 2021ގައި މި ކައުންސިލުން ނިންމާފައި ވާތީ، ލ.ކުނަހަންދޫގައި ދިރިއުޅޭ ހުރިހާ ގޭބަސީއަކުން ލ.ކުނަހަންދޫ ކައުންސިލުން ދޫކުރާ "ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ޚިދުމަތަށް އެދޭ ފޯމް" ފުރުއްވުމަށްފަހު 21 ފެބުރުވަރީ 2021ވާ އާދިއްތަ ދުވަހުގެ 2:00ގެ ކުރިން މި ކައުންސިލަށް ހުށައެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. 1 މާރިޗު 2021ގެ ފަހުން ކުނިކޮށި ފިޔަވައި ރަށުގެ އެކިތަންތަނަށް ކުނި އަޅަމުން ގެންދާ ފަރާތްތަކާއި މެދު " ލ.ކުނަހަންދޫ ކުނި އުކާލުމާއި، ކުނި ނައްތާލުމާއި ބެހޭ ނަންބަރު
2013/R-2025ޤަވާޢިދާ" އެއްގޮތަށް އަމަލުކުރެވޭނެއެވެ. އަދި ކުނިމެނޭޖުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މި ކައުންސިލުން ގެޒެޓްކުރާ ނަމްބަރު (WMU)405-2021/01 އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ވީމާ، 11ފެބުރުވަރީ 2021ވާ ބުރާސްފަތި ދުވަހުން ފެށިގެން މި ކައުންސިލުން ފޯމް ދޫކުރަމުން ގެންދާނެ ވާހަކަ އެންމެހާ ރައްޔިތުންގެ ސަމާލުކަމައްޓަކައި ދެންނެވީމެވެ.
27 ޖުމާދުލްއާޚިރާ 1442
09 ފެބުރުވަރީ 2021