މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

 ވަޒީފާގެ ފުރުސަތު

އަނގޮޅިތީމު ކައުންސިލް އިދާރާގެ ތިރިގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

 

މަޤާމް:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރު:

J-331650

ބޭނުންވާ ޢަދަދު

 1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1   

މަޤާމު އޮތް އޮފީސް:

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް އިދާރާ

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް އިދާރާ

މުސާރަ:

-/5610 ރ. (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)

ސަރވިސް އެލަވަންސް:

-/2000 ރ. (ދެހާސް ރުފިޔާ)

އެހެނިހެން އެލަވަންސްތައް:

  1. ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/700 ރުފިޔާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކާއި ވާޖިބުތައް:

1. ޕްލޭނިންގ ގެ މަސައްކަތްތައް

2. ދުވަހުން ދުވަހަށް ޕްލޭނިންގ އަދި ސޯސަލް އަދި މުނިސިޕަލް ކަންތަކާއި  ގުޅޭ  ލިޔުންތައް  ނިންމުން

3. ކަރަންޓް ހުއްދަ އަދި މަގުކޮނުމުގެ ހުއްދަ ދިނުން

4. ގޯތި ގެދޮރު ހޮޓާ،ކެފޭ އަދި ދަނޑުވެރިކަމާއި ބިންތައް މިންކުރުން އަދި ރަޖިސްޓްރީ ހައްދައިދިނުން

6. ޓޫރިޒަމާއި ގުޅުންހުރި ލިޔެކިއުން ބެލެހެއްޓުން (ޕްރޮޖެކްޓް ނޫން)

7. އާސާރީ ތަކެއްޗާއި ތަންތަނާއި ތަރިކަ

8. ބިދޭސީންގެ ކަންކަން

09. ރުއްގަހުގެ ދަފްތަރު ބެލެހެއްޓުމާއި ބަދަލުގެ ކަންކަން ނިންމުމަށް ކޯޕަރޭޓަށް ފޮނުވުން

10. އޮޑިދޯނިފަހަރުގެ ސަލާމަތީ، ރަޖިސްޓްރީ އަދި ދަފްތަރު ބެލެހެއްޓުން

11. ތިމާވެއްޓާއި ބެހޭ ކަންކަން ބެލެހެއްޓުން

12. ދަނޑުވެރިކަމާއި މަސްވެރިކަން ބެލެހެއްޓުން

13. ޕާރޕޯމެންސް އިންޑެކްސްގެ މަސައްކަތް ރާވާ ބެލެހެއްޓުން

14. ރަށުގެ ބިމާއި، ފަޅާ، ފަރު ހެޔޮގޮތުގައި ރައްޔިތުންނަށް މަންފާހުރި ގޮތަށް ބޭނުން ކުރުމަށްޓަކައި ކައުންސިލުންހަދާ      ޤަވާޢިދު ތަކާއި އަދި އުސޫލުތަކާ އެއްގޮތަށް އެކަންކަން އިންތިޒާމްކޮށް އެކަންކަމާގުޅިގެން ހަދަންޖެހޭ އެންމެހައި ޕްލޭންތަކާއި ޕްރޮގްރާމްތައް އަދި މަސައްކަތު އެކްޓިވިޓީޒްތައް އެކުލަވާލައި އެކަންކަމުން ނަތީޖާ ނެރެވޭގޮތަށް މަސައްކަތް ކުރުން.

15.  ކައުންސިލް އިދާރާއިން ކުރަމުން ގެންދާ ތަރައްޤީގެ ކަންކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހައި ޕްލޭންތައް ސެކްޝަން ޙަވާލުވެ ހުންނަވާ ފަރާތުގެ މަޝްވަރާއާއެކު ކުރަމުން ގެންދިއުން.

16. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ތައްޔާރު ކުރަންޖެހޭ ރަށު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އިދާރާގެ އެހެން ސެކްޝަންތަކުގެ އެހީތެރިކަމާއިއެކު ތައްޔާރުކުމާއި އެ ޕްލޭންތަކަށް އަންނަ ބަދަލުތައް ގެނައުމާއި އަދި އެ ޕްލޭންގައި ހުރި ކަންކަން ތަންފީޒުކުރޭތޯ ބަލާ ޗެކްކުރުން.

17. ހަމަޖެހިފައިވާ އުސޫލެއްގެ މަތީން ބޯހިމެނުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުތުތައް:

1 މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް:

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ސޯޝަލް ސައިންސް
  • އާބަން ސްޓަޑީޒް
  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ޕްރޮޖެކްޓް މެނޭޖްމަންޓް

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް، މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓު ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓު ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބެލެވޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމް

ލިބިފައިވާ ތަޢުލީމު

65

15

20

ޕްރިފަރޑް ޑިސިޕްލިން ސެޓްފިކެޓް

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

20

10

10

ލިބިފައިވާ ހުނަރު

އިމްތިޚާނު / ޕްރެކްޓިކަލްސް

50

20

70

އިންޓަރވިއު

100

50

ޖުމްލަ

240

100

100

ނޯޓް: - މަޤާމަށް ޢައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ޖުމްލަ %35 (ތިރީސް ފަހެއް) އިން ފެށިގެން މަތީން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

-          މި ކްރައިޓީރިއާގައި ހިމެނޭ މަޤާމްތަކަށް  ތައުލީމާއި ތަޖްރިބާގެ ބަޔަށް ޕޮއިންޓް ދޭނީ ޝަރުތު ހަމަކުރުމަށް ބޭނުންކުރި ސެޓްފިކެޓާއި ތަޖްރިބާ ފިޔަވައި އެއަށް ވުރެ މަތިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަޖްރިބާއަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2120  ފެބުރުއަރީ 18 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގެ ކުރިން، މާޅޮސްމަޑުލު  އުތުރުބުރީ  އަނގޮޅިތީމު ކައުންސިލް އިދާރާއަށް . ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.  އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލައް  ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މިމަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2021 ފެބުރުއަރީ 21 އިން 2021 މާރޗް 11 އާ ދެމެދު، އަނގޮޅިތީމު ކައުންސިލް އިދާރާގައެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅާނީ، މިއިދާރާގެ 6580071 ނަންބަރ ފޯނާއެވެ.

29 ޖުމާދަލްއާޚިރާ   1442

10 ފެބުރުއަރީ     2021

10 ފެބުރުވަރީ 2021
ހޯދާ