ދިވެހިރާއްޖެ
އިޢުލާން
ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް
ވަޒަންވެރިވާން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމް " އަހުލު"
ކޮވިޑް-19 ގެ އާލަމީވަބާ އާ ގުޅިގެން އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ ސަބަބުން ޙާލަތު ބަދަލުވެ އަތޮޅު ތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް "އަހުލު" ގެ ނަމުގައި ޕްރޮގްރާމެއް ހިންގުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ސެކްޓަރ 2 "އޯގާތެރި ސަރުކާރު"ގެ 2.4 "އިޖުތިމާޢީ ރައްކާތެރިކަން' ސަބްސެކްޓަރ ގެ ސިޔާސަތު 1 ގެ ދަށުން އަދި ސެކްޓަރ 3 'ޤަދަރުވެރި އާއިލާ'ގެ 3.1' ޢާއިލާ' ސަބްސެކްޓަރ އާއި ސެކްޓަރ 4 'ޖަޒީރާ ދިރިއުޅުންގެ 4.1' ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން'އަދި 4.7' ރެސިލިއަންޓަ ކޮމިއުނިޓީސް ސަބްސެކްޓަރ އާއި ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 4 ވަނަ ބާބާށް ރިޢާޔަތްކޮށް،އެޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އިން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅު ތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރާ ޤަވާއިދު ވަނީ 28 ޖަނަވަރީ 2021 ގައި ގެޒެޓް ކުރެވިފައެވެ. މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަމަށް އެދި ހުށަހަޅާ އާއިލާތަކަށް، މި ޤަވާއިދުގަ ވާ ގޮތުގެ މަތިން، ރަށަށް ބަދަލުވެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެއާއިލާތަކުން ރަށަށް ބަދަލުވުމަށް ކުރަންޖެހޭ ޚަރަދުތައް ދިނުމަށް ވަނީ ހަމަޖެހިއެވެ.
ވީމާ، މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމު މިއިދާރާއިން ލިބޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
26 ޖުމާދަލްއާޙިރު 1442
08 ފެބްރުއަރީ 2021