ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންގެންދާ ނ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)23-AP/23/2021/18 (26 ޖަނަވަރީ 2021) އިޢުލާނާއި ގުޅިގެން ގެޒެޓް ކުރެވިފައިވާ ބީ.އޯ.ކިއު އަދި އެހެނިހެން މައުލޫމާތު ތަކުގައި އިސްލާހުކުރަންޖެހޭ ކަންތައްތަކެއް ހުރުމުން މިއިޢުލާނާއިއެކު އިސްލާހުކުރެވިފައިވާ މައުލޫމާތު ކަރުދާސް ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
މައުލޫމާތުޝީޓަށް ބަދަލުގެނެވިފައިވާތީ ނަންބަރު: (IUL)23-AP/23/2021/18 (26 ޖަނަވަރީ 2021) އިއުލާނާއި ގުޅިގެން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން 17 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 10:30 ށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ރަޖިސްޓަރ ކޮށްފައިވާ ހުރިހާ ފަރާތްތަކުންވެސް އިސްލާހު ކުރެވިފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމައުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބުތައް ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހު މެންދުރުފަހު 10:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
26 ޖުމާދަލް އާހިރު 1442