ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ހޮސްޕިޓަލްގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް
ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ.
|
މަޤާމު |
އެސިސްޓެންޓް ބަޔޯމެޑިކަލް އިންޖިނިއަރ |
މަޤާމުގެ ނަންބަރު |
- |
ބޭނުންވާ އަދަދު |
02 (ދެއެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެމް. އެސް 3 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް |
މުސާރަ: |
-/7035 |
ސަރވިސް އެލަވަންސް: |
-/2500 |
އެހެނިހެން އެލަވަންސް
|
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
މައިގަނޑު މަސައްކަތްތައް 1- ޞިއްޙީ ޚިދުމަތުގައި ބޭނުންކުރާ މެޝިނަރީއާއި އިކުއިޕްމަންޓްތައް ސްޓޭންޑަޑައިޒް ކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން. 2- ބަޔޯމެޑިކަލްއިން ގަވައިދުން ބަލަހައްޓަންޖެހޭ މެޝިނަރއާއި އިކްއިޕްމަންޓްތަކުގެ އިންވެންޓްރީ އާއި ހިސްޓްރީ ބެލެހެއްޓުމާއި ރިޕެއަރ ކުރުމަށް ގެނެވޭ ތަކެތި ރަނގަޅު ކުރުމަށްފަހު އަނބުރާ ފޮނުވުމާއި ލިޔުމުން އެކަން ބެލެހެއްޓުން. 3- ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހުރި މެޝިންތަކާއި އިކުއިޕްމަންޓްތަކުގެ ޙާލަތު ބަލައި މަރާމާތު ކުރަންޖެހޭ ޙާލަތްތަކުގައި ރިޕެއަރ ކުރުމަށް އިންޖިނިއަރުން ފޮނުވުމާއި އަދި މެޝިންތަކާއި އިކުއިޕްމަންޓްސް މާލެގެނެސްގެން ރިޕެއަރ ކުރަންޖެހޭ ޙާލަތްތަކުގައި އެ އެހީތެރިކަން ފޯރުކޮށްދީ އެކަންކަން ޙައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 4- ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ބޭނުންކުރާ މެޑިކަލް އިކްއިޕްމަންޓްތަކާއި ސްޕެއަރޕާޓްތަކުގެ ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން 5- މެޑިކަލް އިކްއިޕްމަންޓްތަކާ ގުޅޭ ސަރވިސް ކޮންޓްރެކްޓައް ތައްޔާރުކޮށް، މޮނިޓަރ ކުރުމާއި، އަދި ސަޕްލައަރ ޕާރފޯމަންސް ރިޕޯޓް ގަވާއިދުން ތައްޔާރުކޮށް ހިއްސާ ކުރަންޖެހޭ ފަރާތްތަކާ ހިއްސާ ކުރުން. 6- މެޑިކަލް އިކްއިޕްމަންޓް ތައްބަލަހައްޓާ ރިޕެއަރ ކުރާ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ދިނުމުގެ އިންތިޒާމް މަޖައްސައި ދިނުން. 7- ކޮންމެ ދުވަހަކު ހެނދުނު ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތުތައް ޑިވިޝަންތަކުން ހޯދައި އެމަޢުލޫމާތުތައް ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން ކޮންޕައިލް ކުރުން އަދި މަޢުލޫމާތު ނުލިބޭ ތަންތަނުގެ ލިސްޓް ހަފްތާއަކު އެއްފަހަރު ސްޕަވައިޒަރާއި ހަވާލުކުރުން. 8- ސެކްޝަންގައި ފައިލް ކުރަންޖެހޭ ލިޔުންތައް ބޭނުންވާ ވަގުތު ފަސޭހައިން ދޭނެގޮތަކަށް ފައިލްކުރަން ލިބޭތާ، 1ދުވަހުގެ ތެރޭގައި ފައިލްކުރުން. 9- އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން |
މަގާމުގެ ޝަރުތު |
ނުވަތަ،
|
ގުޅޭ ވަޒީފާގެ ދާއިރާ |
ބަޔޯ މެޑިކަލް އިންޖިނިއަރިންގ |
ތައުލީމީ ރޮނގުތައް |
ބަޔޯއިންޖިނިއަރިންގ، ބަޔޯމެޑިކަލް އިންޖިނިއަރިންގ، މެޑިކަލް އިންޖިނިއަރިންގ |
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ގައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވާ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. http://health.gov.mv/Uploads/Downloads/Informations/Informations(346).pdf |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 18 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން ޢިއުލާން ކުރެވިފައިވާ މިހޮސްޕިޓަލްއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި މުއްދަތު: |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2021 ފެބްރުއަރީ 25 އާއި 2021 ފެބްރުއަރީ 28 އާ ދެމެދު މިހޮސްޕިޓަލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން ކުރިމަތިލާ ހޮސްޕިޓަލް/ޞިއްޙީ މަރުކަޒެއްގެ ނޯޓިސްބޯޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ކުރިމަތިލާ ހޮސްޕިޓަލް/ޞިއްޙީ މަރުކަޒަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6521661 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
08 ފެބްރުއަރީ 2021