ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ އޮކްބަރު ގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ޖަވާބު ކަރުދާސް ރީޗެކް/ރީމާކު ކުރުން.

ެ                                                                       

 

ނަންބަރު: IUL)120/1/2021/8)

އިޢުލާން

 

2020 ވަނަ އަހަރުގެ އޮކްޓޫބަރު ގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ޖަވާބު ކަރުދާސް ރީޗެކް/ރީމާކު ކުރުން.

2020 ވަނަ އަހަރުގެ އޮކްޓޫބަރު ގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ޖަވާބު ކަރުދާސް ރީޗެކް/ ރީމާކް ކުރުމަށް އެދިލައްވާ ކެންޑިޑޭޓުންނަށް ވަނީ އެ ފުރުސަތު ހުޅުވާލެވިފައެވެ. އެގޮތުން ފޯމާއި ފައިސާބަލައިގަތުން 2021 ފެބުރުވަރީ 07 ން 14 ށް ކުރިއަށް ދާނެއެވެ. ރީޗެކަށް އެދި ހުށަހަޅަން ޖެހެނީ މި ޑިޕާޓްމަންޓުން ޚިދުމަތް ހޯދުމަށް އެދި ހުށަހަޅާ ސަރވިސް ރިކުއެސްޓް ފޯމެވެ. ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި (ހ. އަސްރަފީވިލާ، ދެވަނަ ފަންގިފިލާ/ މަޖީދީމަގު) ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ.

ފޯމު ދޫކުރުމާއި، ފޯމާއި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8300 ން 1330 ށް މި ޑިޕާޓްމަންޓުގެ ކައުންޓަރުންނެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. 

 

25 ޖުމާދަލްއާޚިރާ 1442

07 ފެބުރުވަރީ   2021

07 ފެބުރުވަރީ 2021
ހޯދާ