ދިވެހިރާއްޖެ
އެން.ސީ.އޭ ގައި ޤާއިމްކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަންނާނުންގެ ތެރެއިން ރިސޯޓުތަކަށް ގޮސްގެން އާމްދަނީ ހޯދާ ފަންނުވެރިންނަށް ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން މި ސެންޓަރުން މިދަނީ ކުރަމުންނެވެ. އެހެންކަމުން ފަންނުވެރީންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީ ވެފައިނުވާ ފަންނުވެރީން ވީ އެންމެ އަވަސް ފުރުޞަތެއްގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް އެޗް.ޕީ.އޭ އިން ޤާއިމްކޮށްފައިވާ ޕޯޓަލް https://my.health.mv ގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. އެން.ސީ.އޭ އިން ޤާއިމްކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ މަސައްކަަތް އޮންލައިންކޮށް ކުރިއަށްގެންދެވޭނެ އިންތިޒާމް ވަނީ ހަަމަޖެހިފައެވެ. ތިރީގައިވާ ދެ ލިންކުން ރަޖިސްޓްރީވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
ވީމާ، މިވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.