ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަންކުރާ ސަރަޙައްދުން ފެން ބޭރުކުރުމަށްޓަކައި ހަދާފައިވާ ކާނަށް ބަދަލުތައް ގެނެސް މަރާމާތު މަސައްކަތްތައް ކުރުން؛

ދަނޑުވެރިކަން ކުރަމުންދާ ސަރަޙައްދުން ފެން ބޭރުކުރުމަށްޓަކައި ހަދާފައިވާ ކާނަށް ބަދަލުގެނެސް މަރާމާތު ކުރުމަށްޓަކައި ކުރެވުނު މިއިދާރާގެ ނަންބަރު (IUL)417-CA/417/2020/72 (10 އޮކްޓޯބަރ 2020) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުބޮޑުކަމަށް ފެންނާތީވެ އެ އިޢުލާން ބާޠިލްކޮށް، މިކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިރަށު ދަނޑުވެރިކަންކުރާ ސަރަޙައްދުން ފެން ބޭރުކުރުމަށްޓަކައި ހަދާފައިވާ ކާނަށް ބަދަލުތައް ގެނެސް ބައެއް މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެވޭނެ އަގެއް އަލުން ހޯދުމަށް ބޭނުންވެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައި މިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

2021 ފެބުރުވަރީ 15 ވަނަ ދުވަހުގެ 10:00 ގައި

2020 ފެބުރުވަރީ 18 ވަނަ ދުވަހުގެ 10:00 ގައި

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ފެބުރުވަރީ 2021
ހޯދާ