ދިވެހިރާއްޖެ
އިޢުލާން
-----------------------------------------------------------------------------------------------------
ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ފަރާތުން، 2021 ވަނަ އަހަރުގެ ފުރަތަމަ ޓާރމްގައި ހދ. ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިފައިވާ ބެޗެލަރ އޮފް ޕްރައިމަރީ ހެލްތް ކެއަރެ ކޯހުގައި ތިރީގައި ދެންނެވިފައިވާ މާއްދާ ކިޔަވައި ދެއްވުމަށް ޕާޓްޓައިމް ލެކްޗަރަރއެއް ހޯދުމަށް ވަނީ ބޭނުން ވެފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްޕުޅުތަކުން 9 ފެބުރުވަރީ 2021 (ބުދަ) ދުވަހުގެ 13:00 ގެ ކުރިން މިފެކަލްޓީގެ އީމެއިލް [email protected] އަށް އެޕްލިކޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި :
1- ވަޒީފާއަށް އެދި ހުށައަޅާ ސިޓީގައި ކިޔަވައިދޭން ބޭނުންވާ މާއްދާތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
4- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ)
ބެޗެލަރ އޮފް ޕްރައިމަރީ ހެލްތް ކެއަރެ
- މާއްދާގެ ނަން: ހެލްތް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް
ކިޔަވާދޭން ޖެހޭ ގަޑީގެ ޢަދަދު: 36 ގަޑި (30 ގަޑި ލެކްޗަރ، 6 ގަޑި ޓިއުޓޯރިއަލް)
ކިޔަވާ ދޭންޖެހޭ ވަގުތު: ބްލެންޑެޑް މޯޑަށް (ފުރަތަމަ ޓާރްމްގައި 4 ބްލޮކް، ކޮންމެ ބްލޮކެއްގައި 4.5 ގަޑިއިރު)
ކިޔަވާދީ ނިންމަން ޖެހޭ މުއްދަތު: 31 ޖެނުއަރީއިން 2021 އިން 3 ޖޫން 2021 އަށް (14 ހަފުތާ)
ފެންވަރު ނުވަތަ ޝަރުތު: މާއްދާ އާއި ގުޅޭ ދާއިރާއިން ބެޗެލަރސް ޑިގްރީ، ސެޓްފިކެޓް އިން ޓީޗިންގ މެތޮޑޮލޮޖީ ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
ލެކްޗަރ ގަޑިތައް އަދި ޓިއުޓޯރިއަލްގެ އިތުރުން މަތީގައި ދެންނެވިފައިވާ މާއްދާގެ އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ގައިޑްލައިން ތައްޔާރުކޮށް މާރކްކުރުން. އަދި ހުރިހާ ގަޑިތަކެއް ނަގާ ދޭންޖެހޭނީ މި ފެކަލްޓީން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށެވެ.
އުޖޫރަ: ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ
ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ
ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ
މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.