ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ދާންދޫ އިރުމަތީފަރާތުން ރަށުގެ އެއްގަމުފަސްގަނޑާ ގުޅުވައިގެން ޤާއިމުކުރާ ފަތާފެންގަނޑުގެ މަސައްކަތާބެހޭ

ނަންބަރ: (IUL)241-B/241/2021/1

             އިއުލާން

 

ދާންދޫ،އިރުމަތީ ފަރާތުން ރަށުގެ އެއްގަމު ފަސްގަނޑާއި ގުޅުވައިގެން ޤާއިމް ކުރާ ދާންދޫ ފަތާ ފެންގަނޑު ހެދުމުގެ މަސައްކަތާ ބެހޭ:

               މިއިދާރާގެ ނަންބަރ. (IUL)241-B/241/2020/28 ( 22 ނޮވެމްބަރ 2020 ) އިޢުލާނާއި ގުޅިގެން  ހުށަހެޅިފައިވާ ބިޑްތައް އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

ގއ. ދާންދޫ ކައުންސިލާއި ، މިކައުންސިލް ގުޅިގެން ދާންދޫ އިރުމަތީ ފަރާތުން ރަށުގެ އެއްގަމު ފަސްގަނޑާއި ގުޅުވައިގެން ޤާއިމް ކުރާ ފަތާ ފެންގަނޑުގެ ހެދުމުގެ މަސައްކަތް ޤާއިމް ކުރުމަށް ދާންދޫ  ކައުންސިލުން ދޭ މައުލޫމާތާއި ޑިޒައިނާއި މިންތަކާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                     ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ފެބުރުއަރީ 2021 އިން ފެށިގެން 22 ފެބުރުއަރީ 2021 އާއި ދެމެދު ގއ. އަތޮޅު ކައުންސިލަށް ނުވަތަ ގއ. ދާންދޫ ކައުންސިލަށް ރަސްމީ ގަޑީގައި ވަޑައިގެން ބިޑާއިބެހޭ މައުލޫމާތު ހޯދުމަށްޓަކައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ބިޑާއި ބެހޭ މައުލޫމާތު ދެވޭނެއެވެ. މި މަސައްކަތަށް ކުރިމަތި ލެވޭނީ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ގޮތުގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިމަސައްކަތާއި ގުޅޭ ޕްރީބިޑް މީޓިންގ އާއި ބިޑް ހުށަހަޅަންޖެހޭ ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ. 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

 

ޕްރީބިޑް މީޓިންގ

ގއ.އަތޮޅުކައުންސިލްގެ އިދާރާ

ގއ.  ދާންދޫ ކައުންސިލްގެ އިދާރާ

25ފެބުރުއަރީ2021

ބުރާސްފަތި

13.00

ބިޑް ހުށަހެޅުން

ގއ.އަތޮޅުކައުންސިލްގެ އިދާރާ

ގއ. ދާންދޫ ކައުންސިލްގެ އިދާރާ

28ފެބުރުއަރީ2021

 އާދީއްތަ

13.00

                   މައުލޫމާތު ދިނުމުގެ ސެޝަނަށާއި ( ޕްރީބިޑް މީޓިންގ ) ، ބިޑް ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.

ބިޑް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ މިންގަނޑު

-          ހުށަހަޅާ އަގަށް                                            60%

-          މުއްދަތަށް                                              10%  

-          ތަޖުރިބާ އަށް                                            % 15

-          މާލީ ތަނަވަސްކަމަށް                                        

                   މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

                   25 ޖިމާދަލް އާޙިރާ    1442 ހ.

                   7  ފެބުރުއަރީ       2021 މ   

07 ފެބުރުވަރީ 2021
ހޯދާ