ދިވެހިރާއްޖެ
ޢިއުލާން
ކޮވިޑް-19 އާއި ގުޅޭ މަސައްކަތުގައި ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ. އެހެންކަމުން، ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި ވޮލަންޓިއަރުންގެ ގެގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 18 ފެބްރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ސީވީ އާއި އެކު އެކަމަށް އެދި މިހޮސްޕިޓަލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. މިހޮސްޕިޓަލުގެ އީމެއިލް [email protected] އަށް ފޮނުވާ ސިޓީ އަދި ސިވީ ވެސް ބަލައިގަނެވޭނެއެވެ. ވޮލެންޓިއަރުންގެ ގޮތުގައި ނެގޭ ފަރާތްތަކަށް އެލަވެންސްގެ ގޮތުގައި މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާ ދެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެދޭ ފަރާތްތަކުން [email protected] އަށް އީމެއިލް ނުވަތަ ފޯން 6885046 އަށް ގުޅުއްވުން އެދެމެވެ.
06 ފެބްރުވަރީ 2021