އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިތަދޫ ސަރަހައްދީ ބަނދަރުން ވެއަރހައުސް ގުދަން އެޅުމަށް ބިން ކުއްޔަށް ދޫކުރެވޭ އިޢުލާނާ ގުޅިގެން ބީލަން ފެށޭ އެންމެ ކުޑަ އަގު ބަދަލުވުން

އިޢުލާން

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)426-AB/426/2021/44 (18 ޖަނަވަރީ 2021) އިއުލާނުގައި  ހިތަދޫ ސަރަހައްދީ ބަނދަރާއި އިންވެގެން ހިއްކާފައިވާ ބިމުން ވިޔަފާރީގެ ބޭނުމަށް ވެއަރހައުސް ގުދަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު ހުޅުވާލުމަށް ކުރި އިއުލާންގެ ސަފުހާ 2 ގެ 1 ވަނަ ނަމްބަރުގައި ބިން ކުއްޔަށް ދިނުމަށް ބީލަންފެށޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 50/ލ (ފަންސާސްލާރި) ގެ ރޭޓުން ކަމަށް ވަނީ ލިޔެވިފައެވެ. ނަމަވެސް  އައްޑޫސިޓީ ހިތަދޫން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލީގެ ގޮތުގައި މޯލްޑިްވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ކަނޑައަޅުއްވާފައިވަނީ އަކަފޫޓަކަށް -/2(ދޭއް) ރުފިޔާއެވެ. އެހެންކަމުން މި އިއުލާނާ ގުޅިގެން އަގު މިދަންނަވާ ގޮތަށް އިސްލާހު ކޮށްފައިވާތީ ބިޑު ބައްލަވައިގެންފައިވާ ފަރާތްތަކުގެ ސަމާލުކަމަށް މިވާހަކަ ދަންނަވަމެވެ.

-       ބިން ކުއްޔަށް ދިނުމަށް ބީލަންފެށޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/2(ދޭއް) ރުފިޔާއެވެ.

 

21 ރަބީއުލް އާޚިރާ 1442

03 ފެބުރުވަރީ 2021
ހޯދާ