ދިވެހިރާއްޖެ
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު
މ. މުލި،
ދިވެހިރާއްޖެ.
ނަންބަރު: K5C-A/2021/04
އިޢުލާން
މުލަކަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.
މ. ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިކޯޓުގެ ނަންބަރު: K5C-A/2021/01 އިޢުލާނުގައިވާ، މ.ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާގޮތުގެ މަތީން ވަނީ ބަދަލު ގެނެވިފައެވެ.
އަންދާސީ ހިސާބު ހުށަހެޅުން
މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 17 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 13:00ގައި މިކޯޓު ނުވަތަ މ.ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ ދުވަހަށް ބަދަލު އައިކަމުގައިވިޔަސް، މި މަސައްކަތާ ގުޅޭ މަޢުލޫމާތުދޭ ދުވަހަށާއި ގަޑިއަށް (7 ފެބްރުއަރީ 2021ގެ 10:00އަށް) އެއްވެސް ބަދަލެއް އައިސްފައި ނުވާ ވާހަކަ ދަންނަވަމެވެ.
03 ފެބްރުއަރީ 2021