ދިވެހިރާއްޖެ
ނ.އަތޮޅު މަދަރުސާ
ނ.މަނަދޫ ، ދިވެހިރާއްޖެ
އިޢުލާނު
ވަޒީފާގެ ފުރުޞަތު |
ނަބްބަރު 05/2021/GS35 |
|
މަޤާމް |
ޓީޗަރ ( ޕުރައިމަރީ ) |
|
މަޤާމް ނަމްބަރ |
J-317179 |
|
ބޭނުންވާއަދަދު: |
1 ( އެކެއް ) |
|
މަޤާމްގެ ގިންތި |
ދާއިމީ |
|
މަޤާމްގެ ރޭންކު |
ސީއެސް -211 އިން ސީއެސް 15 އާއި ދެމެދު |
|
މަޤާމްގެ ކުލެސިފިކޭޝަން |
ސްކޫލް ޓީޗަރ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
ނ.އަތޮޅު މަދަރުސާ/ ނ.މަނަދޫ |
|
މުސާރަ |
މަހަކު -/7070 ރުފިޔާ އާއި -/10640 ރުފިޔާ އާއި ދެމެދު |
|
ސާރވިސް އެލަވަންސް |
މަހަކު -/2500 ރުފިޔާ |
|
އެހެނިހެން އެލަވަންސް
|
1- ސިވިލްސރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. 4- ހަމަޖެހިފައިވާ އުޞޫލުން އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް |
|
އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް
މުސާރައިގެ އިންސައްތަ |
ސަނަދު |
30% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީސަނަދެއް އޮތުން |
25% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން |
20% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން |
15% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން |
މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް |
1- ހަވާލުކުރެވިފައިވާ މާއްދާ ނުވަތަ މާއްދާތައް މުގައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުގަންނައިދިނުން 2- ދަރިވަރުންގެ މަސައްކަތްތައް ރެގިއުލަރކޮށް ޗެކުކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން 3- ދަރިވަރުންނަށް ޙާސިލްވަމުންދާ މިންވަރު ޗެކްކުރުމާއި،ރިކޯޑްކުރުމައި،އެމަޢުލޫމާތުތައް ޙައްސާކުރަންޖެހޭ ފަރާތްތަކއި ޙިއްސާކުރުން 4- ކިޔަވާއިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާއި،ހަވާލުކުރަންޖެހޭ އެންމެހާތަކެތި (ސްކީމްއޮފް ވަރކް،ލެސަންޕުލޭން މާރކްސްޝީޓްފަދަ ) ހަމަޖެހިފައިވާ އުސާލާއި އެއްގޮތަށް ހަވާލުކުރުން. 5- އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާއި ސްކޫލް ކުދިންގެ ގަވާއިދުތަކާއި ސްކޫލުގެ ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން. 6- ހަވާލުކުރެވޭ ޓައިމްޓޭބަލްގައިވާ ގަޑިތަކަށާއި ރިލީފްގަޑިތަކަށް ގަޑިއަށް ހާޒިރުވެ ދަރިވަރުންނަށް ފައިދާހުރިގޮތަކަސް ފިލާވަޅު ކުރިއަށް ގެންދިއުން. 7- ޙަވާލުކުރެވިފައިވާ މާއްދާ ކޯޑިނޭޓްކޮށް ބެލެހެއްޓުން.
8- ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން. 9- ސިކުޑީގެ ނުކުޅެދުންތެރިކަން ހުންނަކުދިންފިޔަވައި އެހެންހުރިހާ ކުދިންނަށް ލިޔަންކިޔަން ދަސްކޮށްދިނުން. 10- ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލަރކޮށް) މަޢުލޫމާތު ޙިއްސާކުރުން. 11- ފިލާވަޅުތަކާއި ގުޅޭގޮތުން ކްލާސްރޫމްގައި ޑިސްޕުލޭކުރުން 12- ސްކޫލުން އިންތިޒާމްކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ޙާޒިރުވުން. 13- ސްކޫލުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން 14- ސްކޫލްގެ ހުރިހާ ވަސީލަތްތައް( ލައިބްރަރީ،އިންޓަރނެޓް،ޓީވީ،ސްބާޓްބޯޑް ފަދަ) ދަރިވަރުންނަށް އެންމެ ފައިދާހުރިގޮތަކަށް ބޭނުންކުރުން. 15- ސްކޫލަކީ އެކުވެރި އެއްބައިވަންތަ ބައެއް އުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން. 16- ސްކޫލުން ޙަވާލުކުރއވޭ ޒިންމާތަކާއިގުޅިގެން ޖަވާބުދާރީވުމާއި، ޒިންމާދާރުވުން. 17- ސްކޫލަކީ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުމަށް ދަރިވަރުންލައްވާ މަސައްކަތްކުރުވުން. 18- ކުލަބް ޖަމްޢިއްޔާތަކާއި ޔުނިފޯމްޙަރަކާތް އަދި ދަރިވަރުންނަށްހިންގޭ ހުރިހާ ޙަރަކާތެއްގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުންދީ އެހީތެރިވުން. 19- ދަރިވަރުންނާއި، ބެލެނިވެރިންނާއި،ސްޓާފުން އަދި ސްކޫލްގެ ސިއްރުތައް ހިފެހެއްޓުން. 20- ޙަވާލުކުރެވޭ ސްކޫލުގެ އެކިއެކި ކުލަބް ޖަމްޢިއްޔާތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން. 21- ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކުގައި ފުރިހަމައަށް ބައިވެރިވުން
|
މަޤާމްގެޝަރުތުތައް:
މަގާމް ނަން |
ކްލެސިފިކޭޝަން |
ސިވިލްސަރވިސް ރޭންކް |
އަސާސީ ޝަރުތު |
އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ސީނިއަރ ޓީޗަރ |
ސްކޫލް ޓީޗަރސް |
CS15-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
10,640.00 |
2,500.00 |
CS15-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
10,320.00 |
2,500.00 |
||
CS15-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
10,100.00 |
2,500.00 |
||
CS15-2 |
|
9,910.00 |
2,500.00 |
||
|
|||||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS13-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
9,850.00 |
2,500.00 |
CS13-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
9,360.00 |
2,500.00 |
||
CS13-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
8,890.00 |
2,500.00 |
||
CS13-2 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތ އެއްށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛ ނުވަތަ |
8,440.00 |
2,500.00 |
||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS11-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4CS11- ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
8,250.00 |
2,500.00 |
CS11-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
7,840.00 |
2,500.00 |
||
CS11-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ GS112 -ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
7,450.00 |
2,500.00 |
||
CS11-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
7,070.00 |
2,500.00 |
ހުށަހަޅަންޖެހޭ ލިޔުންތައް |
1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.( އެޕްލިކޭޝަން ފޯމް މިސްކޫލްގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑްކުރެވޭނެއެވެ. ) 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް ) 3- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުމެއް. 5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެމަތީ ތަޢުލީމުދޭމަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް،ނުވަތަ ސެތްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި،މޯލްޑިވަސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮޑްފައިވާ އެމް.ކިޔު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 1- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 2- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ. 3 މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒިފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މުސްއޫލިއްޔަތުތައް (އެއ އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފެރެންސް ޗެކް ފޯމު (ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތް ކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒިފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށްބެލޭނެ ކަންތައްތައް |
- ހާސިލްކޮށްފައިވާ ތާއުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ފެބުރުއަރީ 2021 ގެ 13.00 ގެ ކުރިން ނ. އަތޮޅު މަދަރުސާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯރމް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭފޯރމް ރަސްމީގަޑީގައި ނ.އަތޮޅު މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
|
އިންޓަވިއު ( އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 17 ފެބުރުއަރީ 2021 އާއި 23 ފެބުރުއަރީ 2021 އާ ދެމެދު ނ.އަތޮޅު މަދަރުސާގައެވެ.
|
ޝޯޓް ލިސްޓްކުރުން |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްލިބުނު ގޮތުގެ ޝީޓް ( A2 ފޯމް)" އާންމުކުރުން |
އިންޓަރވިއު ބާއްވާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560003 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޑްގެ ޑައުންލޯޑްސްގެ ''އައްޔަންކުރުމުގެ އުޞޫލާއިގުޅޭ" http://www.csc.gov.mv/dv/recruitment-usoolu ލިބެންހުންނާނެއެވެ.
|
21 ޖުމާދަލްއާޚިރު 1442
03 ފެބުރުއަރީ 2021