ފެމިލީ ކޯޓް
ދިވެހިރާއްޖެ
ފެމިލީ ކޯޓަށް ބޭނުންވާ އެއަރކޮންޑިޝަނަރ ސަޕްލައިކޮށް، އަމިއްލަ ތަކެތީގައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް

                                                   ނަންބަރު:(IUL)146-A3/1/2021/7

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

ފެމިލީ ކޯޓަށް ބޭނުންވާ 05 (ފަހެއް) ސީލިންގ މައުންޓް އެއަރކޮންޑިޝަނަރ އަދި 02 (ދޭއް) ވޯލްމައުންޓް އެއަރކޮންޑިޝަނަރ ސަޕްލައިކޮށް، އަމިއްލަ ތަކެތީގައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ފެބުރުވަރީ 10ވަނަ ދުވަހުގެ 13:30 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2021 ފެބުރުވަރީ 17 ވަނަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ.

 

 

03 ފެބުރުވަރީ 2021
ހޯދާ