ދިވެހިރާއްޖެ
ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމް 2022-2023 |
ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން ކަނޑައެޅިފައިވާ ދާއިރާތަކަކުން އެއްދަރިވަރަކަށް އެމެރިކާގައި މާސްޓަރސް ޑިގްރީ ހެދުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން އަންގާފައިވެއެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ.
ވީމާ، ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 6 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ ކުރިން ތިރީގައިވާ ލިންކްގައި ޔޫސަރ އެކައުންޓެއް ހުޅުވުމަށްފަހު އޮންލައިންކޮށް އެޕްލައި ކުރުން އެދެމެވެ.
Online application by creating user account: http://apply.iie.org/ffsp2022
އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ. ............................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. |