ދިވެހިރާއްޖެ
ޙިމާޔަތްކޮށްފައިވާ ބ. ހަނިފަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަނުމާއި ގުޅިގެން ޖޫރިމަނާކުރުން
04 ޖަނަވަރީ 2021 ގައި "ވިޓާލިއާ 2 ލަންޑަން" ނަމަކަށް ކިޔާ ޔޮޓެއް ޙިމާޔަތްކޮށްފައިވާ ބ. ހަނިފަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ އެ އުޅަނދުގައި ތިބި ފަރާތްތަކުން އެ ސަރަޙައްދުގައި ކައިޓް ސަރފްކޮށް ހަނިފަރުރަށަށް އަރައި ޙަރަކާތްތަކެއް ހިންގާފައިވާތީ ގަވާއިދު ނަންބަރު:2012/R-23 (ބ. އަތޮޅު ހަނިފަރު ސަރަޙައްދު ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގެ ދަށުން 6,000.00/- (ހަހާސް ރުފިޔާ) އިން ވަނީ 01 ފެބްރުވަރީ 2021 ގައި ޖޫރިމަނާކުރެވިފައެވެ. އަދި، 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ މި އެޖެންސީއަށް ދެއްކެވުމަށް އެ އުޅަނދުގެ ލޯކަލް އެޖެންޓް އޭޝިއާ ޕެސިފިކް ސްޕަރޔޮޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައެވެ.
19 ޖުމާދަލްއާޚިރާ 1442
01 ފެބްރުވަރީ 2021