ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ ފުޓްސެލް ދަނޑަށް ވެލި އެޅުން

އިޢުލާން

ކިނބިދޫ ފުޓްސެލް ދަނޑަށް ވެލި އެޅުން

            ތ. ކިނބިދޫގެ ފުޓްސެލް ދަނޑުގެ އެތެރޭގައިވާ ޗަކަ ވެލި ކަހައި ވެލިއަޅައި ތަޅައި ހަރުކޮށް އެއްވަރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢްލާންގައި، ބޭނުންވާ ހުރިހާ މަސައްކަތްތަކެއް ބޭނުންވާ މަޤްޞަދު ޙާޞިލް ކުރެވޭ މިންވަރަށް ހިމެނިފައި ނުވާތީ، މިއިދާރާގެ ނަމްބަރ IUL393/393/2020/46(23 ޑިސެމްބަރ 2020) އިޢްލާނާއި ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ ބިޑްތައް ބާޠިލްކޮށް، އެކަމަށް އިތުރަށް ބޭނުންވާނެ ކަމަށް ފެންނަ މަސައްކަތްތައް އިތުރުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ. އިތުރު ކުރެވުނު މަސައްކަތްތަކާއި ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް މަޢްލޫމާތު ޝީޓްގައި ހިމެނިފައިވާނެއެވެ.

            މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01  ފެބްރުއަރީ 2021 ން ފެށިގެން 10 ފެބްރުއަރީ 2021 ގެ ނިޔަލަށް ރަސްމީ ގަޑީގައި ކައުންސިލް އިދާރާގައި ނަން ނޯޓްކުރެއްވުމަށްފަހު މަޢްލޫމާތު ޝީޓް ގެންދެވުން އެދެމެވެ. އިތުރު މަޢްލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ލިއުމަކުން ހުށަހެޅުއްވުމުން ލިއުމުންނާއި، ނުވަތަ ކައުންސިލްގެ އީ މެއިލް [email protected] އަށް މެއިލް ކުރެއްވުމުން މެއިލްއިން ޖަވާބު ލިބިވަޑައިގަންނަވާނެއެވެ.

           ނަން ނޯޓް ކުރައްވާ ފަރާތްތަކުން އެސްޓިމޭޓް ހުށަހެޅުއްވުމާއި، އެސްޓިމޭޓް ހުޅުވުމަށް ހަމަޖެހިފައިވަނީ 17 ފެބްރުއަރީ 2021 ދުވަހުގެ މެންދުރު ކުރީ 11.00 ގައި މިއިދާރާގައެވެ. އެސްޓިމޭޓް ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. މަސައްކަތަށް އެސްޓިމޭޓް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރ 2014/18 ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އެސްޓީމޭޓް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ އަކާއި އެފަރާތުގެ ސިޓީއެއް ގެންނަވަން ވާނެއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

19 ޖުމާދަލްއާޚިރާ 1442

01 ފެބްރުއަރީ   2021

01 ފެބުރުވަރީ 2021
ހޯދާ