ވަޒީފާގެ ފުރުޞަތު
|
ނަންބަރު:IUL)435-A1/2021/03)
|
|
ތާރީޚް: 01 ފެބްރުއަރީ 2021
|
|
މަޤާމު
|
ޑްރައިވަރ
|
ރޭންކް: އެސް.އެސް. 2
|
ޢަދަދު
|
1
|
ސެކްޝަން/ޔުނިޓް: އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެންޑް ޖެނެރަލް ސަރވިސަސް
|
މަސައްކަތްކުރަންޖެހޭ ތަން:
|
ޑްރަގް ކޯޓު / ކ.މާލެ
|
އަސާސީ މުސާރަ:
|
-/3,470 -ރުފިޔާ
|
އެލަވަންސް:
|
- ސަރވިސް އެލަވަންސް: -/1,000 ރުފިޔާ
- ލިވިންގ އެލަވަންސް: -/2,700 ރުފިޔާ
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
|
އަސާސީ ޝަރުޠު:
|
1- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން.
ނޯޓް: މި މަޤާމަށް ބޭނުންވާ ލައިސަންސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަތަރު ފުރޮޅުލީ އޮޓޯ އަދި މެނުއަލް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް (ބީ1 ކެޓެގަރީ) އެވެ.
|
އެހެނިހެން ޝަރުޠު:
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޑްރަގް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ކޯޓުގެ ފަނޑިޔާރުން ރަސްމީ ބޭނުންތަކުގައި ރަސްމީ އަދި ނުރަސްމީގަޑީގައި ދާންޖެހޭ ތަންތަނަށް ގެންދިޔުމާއި އަނބުރާ ގެނައުން.
- ކޯޓުގެ ފަނޑިޔާރުން ބޭނުންފުޅުވެއްޖެ ހިނދެއްގައި އެ ބޭފުޅުން ގެޔަށް ގެންދިޔުމާއި ކޯޓަށް ގެނައުން.
- ފަނޑިޔާރުންގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައާއި ދުވަސްތަކުގައި، ފަނޑިޔާރުން ބޭނުންފުޅުވެއްޖެ ހިނދެއްގައި އެބޭފުޅުންގެ އާންމު ދިރިއުޅުމާއި ގުޅިގެން ވަޑައިގަންނަވަންޖެހޭ ތަންތަނަށް ގެންގޮސްދިނުމާއި އަނބުރާ ގެނެސްދިނުން.
- ސުޕަވައިޒަރުގެ ހުއްދައާއެކު، ކޯޓުގެ ރަސްމީ ބޭނުންތަކުގައި އެއްތަނުން އަނެއް ތަނަށް ދާންޖެހޭ މުވައްޒަފުން ގެންގޮސް ގެނެސްދިނުން.
- ޙަވާލުކުރެވިފައިވާ ކާރު ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، ގަވައިދުން ކާރު ސަރވިސް ކުރަންޖެހޭނަމަ، ސުޕަވައިޒަރަށް ހުށަހަޅައިގެން ސަރވިސް ކުރުމުގެ މަސައްކަތް ކުރުން.
- ކާރުގެ މެއިންޓެނެންސް އަށް ބޭނުންވާ ކަންކަން ޤަވަޢިދުން ބަލައި، އެކަންކަން ސުޕަވައިޒަރަށް ހުށަހަޅައިގެން ރަނގަޅުކުރުމުގެ މަސައްކަތް ކުރުން.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަކޮށްފައިވާ،ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓްގެ ކޮޕީ
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ،ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށައެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށައެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ،ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށައެޅުމާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށައެޅުން.
- އާދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.
- އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއް ދުއްވުމުގެ ލައިސަންސްގެ ކޮޕީ.
|
ސުންގަޑި:
|
11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 3018556
- އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު.
- އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް: [email protected]
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ލުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- ޤާނޫނުތަކާއި، ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
- A އަދި B1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން.
- މާލެ އަދި ހުޅުމާލެ މެޕާއި، މަގުތަކާއި، ސަރުކާރުގެ އިދާރާތައް ފަރިތަކަމާއެކު އެނގޭ ފަރާތެއްކަމުގައިވުން.
- ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަން ޖެހުނު ކަމުގައިވިނަމަވެސް ވަޒީފާއަށް ނުކުމެވޭނެ ފަރާތަކަށްވުން.
|
|
|
|
|
|
|
|