ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މިރަށު މަސްޖިދުލް ހުދާގެ ފުރާޅު ޓިނު ބަދަލުކުރުމާއި އެހެން ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

           މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށުގެ މަސްޖިދުލް ހުދާގެ ފުރާޅު ޓިނު ބަދަލުކުރުމާއި އެހެން ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް މި އިދާރާއަށް ހާޟިރުވެ ބީލަމުގައި ރަޖިސްޓްރީވެ، ބީލަންފޮތް ބައްލަވައިގަތުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ -/200ރ (ދުވިސައްތަ ރުފިޔާ / - ) އެވެ.

#

ތަފްޞީލް

ތަން

ތާރީޚް

ގަޑި

1

ބީލަމަށް ރަޖިސްޓްރީ ކުރުން *

ލ. ކަލައިދޫ ކައުންސިލް އިދާރާ

 03 ފެބްރުއަރީ 2021 އިން

08 ފެބްރުއަރީ 2021 އަށް

9:00– 12:00

2

ޕްރީ ބިޑް މީޓިންގ

ލ. ކަލައިދޫ ކައުންސިލް އިދާރާ

09 ފެބްރުއަރީ 2021 (އަންގާރަ)

13:00

3

ބީލަން ހުށަހެޅުން

ލ. ކަލައިދޫ ކައުންސިލް އިދާރާ

15 ފެބްރުއަރީ 2021 (ހޯމ)

13:00

* ބީލަމުގައި ރަޖިސްޓްރީ ކުރުން އޮންނާނީ ސަރުކާރު ރަސްމީދުވަސްތަކުގަ އެވެ.

ބީލަން ރަޖިސްޓްރީ ކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި.ޑީ.ކާޑާއި، ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެކޮޕީ ގެންނަވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެއެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ދޭ ބައްދަލުވުމުގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ. އަދި މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ ނަމްބަރ  6800730 ފޯނާ ގުޅުއްވުން އެދެމެވެ.

31 ޖަނަވަރީ 2021
ހޯދާ