ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2021/02
އިޢުލާން |
14 ޖަނަވަރީ 2021 ވަނަދުވަހު ދޫކުރި ގޯތި ތަކުގެ ތެރެއިން "ކަދާވަޑުމަގުން" ގޯތި ބޭނުންވާ ފަރާތްތައް އިތުރުވަމުންދާތީ އެމަގުން އިތުރު 09 ގޯއްޗަށް ފުރުސަތު ހުޅުވާލުން.
14 ޖަނަވަރީ 2021 ވަނަ ދުވަހު ދިރިއުޅުމަށްޓަކައި މިރަށުން ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ކަދާވަޑު މަގުން ގޯއްޗަށް އެދެމުންދާތީ ކައުންސިލްގެ 03 ވަނަ ދައުރުގެ 91 ވަނަ ޢާންމު ޖަލްސާއިން ވަނީ މިރަށު "ހަވޭލި" ގެ އާއި "ބޮނޑެވަޑާ" ދެމެދުން 07 ގޯއްޗާއި،މިރަށު ކުރީގެ "ސީސަންގެ" ކިޔާ ގޯތި އޮތްތަނުން 02 ގޯއްޗާއި ޖުމްލަ 09 ގޯތި އެއްގޯތި އަނެއް ގޯއްޗަށް ބަދަލު ކުރެވޭ ގޮތަށް ނިންމާފައެވެ. އަދި މިގޯތިތައް ބަދަލުކުރުމަށް ނިންމާފައިވަނީ ނަންނޯޓްކުރާ ތަރުތީބުން 09 ގޯތި ހަމަވަންދެން ކަމުގައިވެސް ދަންނަވަމެވެ.
ވީމާ،ކަދާވަޑު މަގުން ބަޔާންކޮށްފައިވާ ސަރަޙައްދުން ގޯތި ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ގޯތިތައް ތިބި ސަރަޙައްދު އެގޭނެ ޗާޓް
19 ޖުމާދިލްއާޚިރާ 1442
01 ފެބުރުއަރީ 2021
މުޙައްމަދު ވަޙީދު
ކައުންސިލްގެ ރައީސް