މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތައް ކުއްޔަށްދޫކުރުމާއި ގުޅޭ(.)

 

 

 

                                  ނަމްބަރ:IUL)337/337/2021/ 8 )   

 

އިޢުލާން

ރުއްތައް ކުއްޔަށްދޫކުރުމާއި ގުޅޭ(.)

 

              މާފުށި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހުރިހާ ރުއްތައް އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ 3 ވަނަ ދައުރުގެ 2020 ވަނަ އަހަރުގެ 23 ވަނަ އާންމު ޖަލްސާއިންވަނީ ފާސްކޮށްފައެވެ.

              ރުކެއް މަސް ދުވަހަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ -/20 (ވިހި ރުފިޔާ) އެވެ. ރުއްތައް ކުއްޔަށް ދޫކުރެވޭ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރު ދުވަހެވެ. ނަމަވެސް، ރުއްތައް ކުއްޔަށް ހިފާ ފަރާތުން އެއްބަސްވުމަށް މުއްދަތު އިތުރުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެއްބަސްވުމަށް މުއްދަތު އިތުރު ކުރެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން:

2021 ފެބްރުއަރީ 09 ވަނަދުވަހުގެ 11:30 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި،

ބީލަން ހުށަހެޅުމާއި، ހުޅުވުން:

2021 ފެބްރުއަރީ 11 ވަނަދުވަހުގެ 11:30 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްއަށް،

 

އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ.

18 ޖުމާދަލްއާޚިރާ 1442

  31  ޖަނަވަރީ  2021

31 ޖަނަވަރީ 2021
ހޯދާ