ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ މަސްޖިދުލް ހުދާގެ ވުޟޫކުރާ އިސްކުރުބަރީގެ ތަށިމުށިބަދަލުކުރުމާއި އެހެން ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ (ދެވަނަ އިޢުލާން)

           މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށުގެ މަސްޖިދުލް ހުދާގެ ވުޟޫކުރާ އިސްކުރުބަރީގެ ތަށިމުށި ބަދަލުކުރުމާއި އެހެން ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލުގެ ނަންބަރު:(IUL)456-ECMS/456/2021/21  (21 ޖަނަވަރީ 2021) އިޢުލާނަށް އެކަށީގެންވާވަރަށް ޝައުގުވެރިކަން ފާޅުކޮށް އެބީލަމުގައި ރަޖިސްޓްރީވެފައިނުވާތީވެ އެޢިލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.

           ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް މި އިދާރާއަށް ހާޟިރުވެ ބީލަމުގައި ރަޖިސްޓްރީވެ، ބީލަންފޮތް ބައްލަވައިގަތުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ -/200ރ (ދުވިސައްތަ ރުފިޔާ / - ) އެވެ.

#

ތަފްޞީލް

ތަން

ތާރީޚް

ގަޑި

1

ބީލަމަށް ރަޖިސްޓްރީ ކުރުން *

ލ. ކަލައިދޫ ކައުންސިލް އިދާރާ

 02 ފެބްރުއަރީ 2021 އިން

07 ފެބްރުއަރީ 2021 އަށް

9:00– 12:00

2

ޕްރީ ބިޑް މީޓިންގ

ލ. ކަލައިދޫ ކައުންސިލް އިދާރާ

08 ފެބްރުއަރީ 2021 (ހޯމަ)

13:00

3

ބީލަން ހުށަހެޅުން

ލ. ކަލައިދޫ ކައުންސިލް އިދާރާ

14 ފެބްރުއަރީ 2021 (އާދީއްތަ)

13:00

* ބީލަމުގައި ރަޖިސްޓްރީ ކުރުން އޮންނާނީ ސަރުކާރު ރަސްމީދުވަސްތަކުގަ އެވެ.

ބީލަން ރަޖިސްޓްރީ ކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި.ޑީ.ކާޑާއި، ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެކޮޕީ ގެންނަވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެއެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ދޭ ބައްދަލުވުމުގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ. އަދި މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ ނަމްބަރ  6800730 ފޯނާ ގުޅުއްވުން އެދެމެވެ.

31 ޖަނަވަރީ 2021
ހޯދާ