މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް މަސައްކަތު މީހަކު ހޯދުމަށް

ވަޒީފާގެ ފުރުސަތު

 

މިއިދާރާއަށް ކޮންޓެކްޓް އުޞޫލުން 01 އަހަރު ދުވަހުގެ މުއްދަތަށް މުވައްޒަފުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު :   މަސައްކަތު

މަޤާމުގެ ނަންބަރ:         --

ބޭނުންވާ އަދަދު:          01

މަޤާމުގެ ގިންތި:   ކޮންޓެކްޓް

މަޤާމުގެ ރޭންކް:     _

މަޤާމުގެ ކްލެސިފިކޭޝަން:      

ސެކްޝަން:     އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސެކްޝަން

މަޤާމް އޮތް އޮފީސް:  އަނގޮޅިތީމު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭތަން:  އަނގޮޅިތީމު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކާއި ތަންތަން ވިނަނޮޅާ ފޮޅާ ސާފުކޮށް ބެލެހެއްޓުން.

މުސާރަ:    -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ      

އެހެނިހެން އެލަވަންސްތައް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                  އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:    

  1. ކައުންސިލްގެ ޖަލްސާކުރާ މާލަމް ފޮޅާސާފުކޮށް ގަސްއިންދާ ކޮށާ ބެލެހެއްޓުން
  2. ކުޑަކުދިންގެ ޕާކުގައި ހުރި ތަކެތި ސާފުކޮށް ބެލެހެއްޓުން
  3. ބާސްކޫލް ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  4. 2 ޗެންޖިންރޫމް ފޮޅާސާފުކޮށް ބެލެހެއްޓުން
  5. ފެންހަންތަކާ ހިނަވާގެ ފޮޅާސާފުކޮށް ބެލެހެއްޓުން
  6. 6.     މަގުބައްތި ދަނޑިތައް ބެލެހެއްޓުން
  7. ޤަބުރުސްތާނު ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން             
  8. މީގެއިތުރުންވެސް ކައުންސިލުން އަންގާ ކަންތައްތައް ކުރުން

މަޤާމުގެޝަރުޠުތައް:      

  • ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

  • ލިބިފައިވާ ތަޢުލީމާ ތަޖުރިބާ އަދި އިންޓަރވިއުއަށް.     

ހުށަހަޅަންޖެހޭ ލިޔުންތައް:  

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

        (ހ) މޯލްޑިވެސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ  ސެޓުފިކެޓުތަކުގެކޮޕީ

   (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

   (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

   (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:         

 ވަޒީފާއަށް އެދޭފޯމު ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ފެބުރުއަރީ 2021 ވާ ހޯމަ ދުވަހުގެ 13.00ގެ ކުރިން، ރ.އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ. 

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:     

 މިމަޤާމަށް ބޭނުންވާ ޢަދަދަށްވުރެ ގިނަ މީހުން ކުރިމަތި ލާފައިވާނަމަ އެއިގެ ތެރެއިން މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 09 ފެބުރުއަރީ 2021 އާއި  15 ފެބުރުއަރީ 2021 އާ ދެމެދު އަނގޮޅިތީމް ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަރވިއުއަށް  ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި މަޤާމަށް މީހުން ހޮވުމަށްކަނޑައަޅާފައިވާ ކްރައިޓީރިއާގެހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ

އިންސައްތަ:           

 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން

 %30 ލިބެން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:  

  • މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމަށް ގުޅުއްވާނީ 6580071 ނަންބަރ ފޯނަށެވެ.
31 ޖަނަވަރީ 2021
ހޯދާ