އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ތަރުޖަމާނު - ވަގުތީ)

މަޤާމު

ތަރުޖަމާނު

މަޤާމުގެ ނަންބަރ

-

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ

މަޤާމުގެ ރޭންކު

ޖީ.އެސް. 3

މުއްދަތު

6 މަސް

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސާރވިސަސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

ސ.ހުޅުމީދޫ ޞިއްހީމަރުކަޒު

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  4. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700/- ރުފިޔާ

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޑޮކްޓަރަށް ދެއްކުމަށް އަންނަ ހުރިހާ މީހުންނަށް އަޅާލުމާ އެހީތެރިކަމާއެކު ޑޮކްޓަރަށް ދައްކައިދިނުމާއި ބަސްދޭހަކޮށްދިނުން 
  2. އައުޓް ޕޭޝްންޓް ރެކޯރޑް ބެލެހެއްޓުމާއި އައި ސީ ޑީ ކޯޑިންގެ ހުރިހާމަސައްކަތެއް ކުރުން
  3. ހޮސްޕިޓަލަށް ޒިޔާރަތްކުރާ ސްޕެޝަލިޓީ މެޑިކަލް ޓީމުތަކާއި އެކު ޤަވާޢިދުންކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  4. ކޮންސަލްޓިން ރޫމްތަކުގައި ބޭނުންކުރަންޖެހޭ ކޮންޒިއުމަބްލް ، އިންސްޓްރޫމެންޓްސް ހޯދާ އެގްޒަމިނޭޝަން ކިޓްތައް ހަމަކުރުން
  5. ކޮންސަލްޓިން ރޫމްތައް ކޮންމެދުވަހަކު ހެދުނު ފޮޅާ ސާފުކުރުވާ މޮޕްކުރުވާ އެދުފޮތި ބާލިސްފަދަތަކެތި ބަދަލުކޮށް ހެދުނު 9ޖަހާއިރު ޑޮކްޓަރ ބަލަންފެށޭގޮތަށް ތައްޔާރުކުރުވުން
  6. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންގެ އޯޕީޑީގައި ދޫކުރެވިފައިވާ ނަމްބަރތަކާއި އެއްގޮތަށް ތަރުތީބުން ކޮންސަލްޓިންގ ރޫމަށް ވެއްދުން
  7. ކުއްލި ޙާލަތްތައް ދިމާވެގެންނާއި އަދި އެހެނިހެންކަންތައްތަކުގައި ޑޮކްޓަރ ބަލިމީހުން ބެއްލެވުން މެދުކެޑޭނަމަ ކިއޫގައި ތިއްބަވާ ފަރާތްތަކަށް ރަގަޅަށް ބުނެދީ ރަގަޅަށް މަޢުލޫމާތު ދިނުން
  8. ބަލިމީހާއާއި ޑޮކްޓަރއާއި ދެމެދު ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުން، ކަމާއިނުބެހޭ އެއްވެސް ފަރާތަކާއި އެފަދަވާހަކަތައް ޙިއްސާނުކުރުން
  9. ބަލިމީހުންނަށް ސާފުވާގޮތަށް ޑޮކްޓަރގެ ވާހަކަތައް އޮޅުން ފިލުވައިދިނުން
  10. ޑެއިލީ ސެންސަސް އާއި މޯބިޑިޓީ ސްޓެޓިސްޓިކްސް އާއިބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއްކުރުމާއި މެޑިކޯ ލީގަލް ކޭސް ރެކޯރޑްތައް ލިއުން
  11. ރިފަރަލް ފޯމާއި މެޑަފޯމް ފުރިހަމަކޮށްދިނުމުގައި އެހީތެރިވުން އަދި ދޫކުރެވޭ ލިއުންތަކުގައި ފުރިހަމަކުރަންޖެހޭ ބައި ފުރިހަމަކުރުވުން
  12. ޢާއްމުކޮށް މަސައްކަތް ކުރަންޖެހޭ ދާއިރާއަކީ ރަޖިސްޓްރޭޝަނުގެ ކައުންޓަރގައި(ފްރަންޓްއޮފީހުގައި) ކަމަށްވުމާއެކު އެސެކްޝަނުގައި ކުރެވޭ މައިގަނޑު ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރަމުން ގެންދިއުން،  މިގޮތުން ރިސެޕްޝަނިސްޓުންނާއި ޕީ.އާރ.އޯއިންގެ މަސައްކަތުގައި  އެހީތެރިވެދީ ޢަމަލީގޮތުން މަސައްކަތް ކުރުން،
  13. އެޑްމިން އެންޑް ހިއުމަންރިސޯސަސް ޑިޕާރޓްމެންޓްގެ  މަސައްކަތްކުރާ މުވައްޒަފުން ޗުއްޓީއަށް ދިއުމުން އެމުވައްޒަފެއްގެ މަސައްކަތް ޙަވާލުވެއްޖެނަމަ އެމުއްދަތުގައި އެމަސައްކަތެއްކުރުން
  14. ކަޑައެޅިފައިވާ ޑިއުޓީގައި މަސައްކަތަށް ނިކުތުން އަދި ރަޖިސްޓްރޭޝަނުގެ އިންޗާޖަށް އަންގާ އިންޗާޖް ބަދަލުކޮށްދިނުމުން ނޫނީ ޑިއުޓީ ބަދަލުނުކުރުން
  15. ރަޖިސްޓްރޭޝަނުގެ މަސައްކަތް ހިގަމުންދާގޮތުން އޮފް ދުވަހަކު މަސައްކަތު ނިކުންނަށް އެންގިއްޖެނަމަ ޑިއުޓީއަށް ނިކުތުން، އަދި މިފަދަ ކޯލެއް ފޮނުވަންޖެހިދާނެކަމަށް ވިސްނުން ބަހައްޓާ  ފޯނުންގުޅޭގޮތަށް ތިއްބެވުން
  16. ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވުން
  17. ޙަވާލުކުރެވޭ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތަށް އަދާކުރުން،  އަދި ހޮސްޕިޓަލާއި އޮފީހުގައި ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްކުރުން
  18. ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހިންގޭ މަސައްކަތްތަކުގައި އެހީތެރިކަމެއްބޭނުންވެއްޖެނަމަ ފުރިހަމައެއްބާރުލުމާއި އެހީތެރިކަންދިނުން
  19. އޮފީހަށް ބޭނުތަކުގައި އަންނަ މުވައްޒަފުންނާއި އެހެނިހެން މީހުންނަށް އިޙުތިރާމްކޮށް މުޢާމަލާތުކުރުން

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި އަދި (http://www.csc.gov.mv/download/2249) ހުޅުމީދޫ ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 03 ފެބްރުވަރީ  2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ސ.ހުޅުމީދޫ ޞީއްހީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]   މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،03 ފެބްރުވަރީ 2021 އިން 02 މާރިޗު 2021 އާއި ދެމެދުގެ މުއްދަތެއްގައި ސ.ހުޅުމީދޫ ޞިއްހީމަރުކަޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2  ފޯމު)" އާންމުކޮށް ފެންނާނެހެން ހުޅުމީދޫ ޞިއްހީމަރުކަޒުގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885046 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

28 ޖަނަވަރީ 2021
ހޯދާ