ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާ ސައިޓާއި މަގުތަކަށް އަރާ ރުއްގަސްތަކުގައި ރަޖިސްޓްރީ ނަންބަރު ހޯދުމާއި ގުޅޭ

 

ނަންބަރ: IUL)254/254/2021/2)

އިޢުލާން

ފެނާއި ނަރުދަމާ ސައިޓާއި މަގުތަކަށްއަރާ ރުއްގަސްތަކުގައި ރަޖިސްޓްރީ ނަންބަރު ހޯދުމާއި ގުޅޭ

 

ފެނާއި ނަރުދަމާގެ ޕްލާންޓް އަޅާ ސައިޓާއި ޕަންޕް ސްޓޭޝަން އަޅާ ސައިޓާއި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި ގުޅިފައިވާ މަގުތަކަށް އަރާ ރުއްގަސްތަކަށް ބަދަލުދިނުމަށްޓަކާއި މިއިދާރާއިން އެރުއްތަކުގައި ރީނދޫ ދަވާދުން ސުމާރު ނަންބަރ ޖެހިފައިވާނެއެވެ.

ޤަވައިދާ އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ ރުއްގަސްތަކުގައި ނަން އަދި ނަންބަރު އާކުރުމަށް ފަހު މިކައުންސިލުން ޖަހާފައިވާ ސުމާރު ނަންބަރު ނޯޓްކުރެވައިގެން 07 ފެބްރުއަރީ 2021 އިން 18 ފެބްރުއަރީ 2021 އާއިދެމެދު ރަސްމީ ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށް މިކައުންސިލުގައި ނޯޓްކުރުމަށް ދަންނަވަމެވެ.

މިތާރީހުގައި ރުއްގަސް ނަން ނޯޓްނުކުރައްވާ ރުއްގަހަކީ ވެރިޔަކު ނެތް ރުއްގަސްކަމަށް ބެލެވޭނެވެ. މިކައުންސިލުން ސުމާރު ނަންބަރު ޖަހާފައިވާ ރުއްގަސް ހުރި ސަރަހައްދުތައް ތިރީގައި އެވަނީ އެވެ.

  • ފެނާއި ނަރުދަމާ ޕްލާންޓްތައް އަޅާ ސައިޓް: މާވެލް އޭކިޔާ ގޯތި އުތުރުން ގޮސް ކުނިކޮށި އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދާއި ދެމެދުގައިވާ ރުއްގަސްތައް (ސުމާރު ނަންބަރު:301 ފެށިގެން)
  • ފެނާއި ނަރުދަމާ ޕަންޕް ސްޓޭޝަން ނަންބަރު 2 ސައިޓް: ބޮންތި އޭކިޔާ ގޯތި އުތުރުން ހުރި ރުއްތައް (ސުމާރު ނަންބަރު:700 ފެށިގެން)

  މަގަށް އަރާ ރުއްތައް: މޯނިންގްވިލާ ގޯޅި، ނޫކޮކާ މަގުން އިރަށް ގޮސް ޝަހީދު ޢަލީ ހިނގުމާއި ހަމައަށް،ގުމްރީމަގުން އިރަށްގޮސް ވަށާހިނގާމަގާއި ހަމައަށް، ޒިޔާރަތް މަގުން ( ވަތަނިއްޔާ އެންޓަނާގެ އުތުރުމަގު) ގޮސް ހޭޅިފަށާއި ހަމައަށް، ޣާޒީ ހިނގުމުން އިރަށްގޮސް ނަމޫނާމަގާއި ހަމައަށް، ޝަހީދު ޢަލީ ހިނގުމުން އުތުރަށް މޯނިންގްވިލާގޯޅިއާއި ހަމައަށް، ރެހެންދިހިނގުން އުތުރަށްގޮސް ޒިޔާރަތް މަގާއި ހަމައަށް. (ސުމާރު ނަންބަރު:500 ފެށިގެން)

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

                   

15 ޖުމާދުލްޢާހިރާ   1442

28  ޖަނަވަރީ     2021

                            

28 ޖަނަވަރީ 2021
ހޯދާ