ދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ސުކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 01 މާރިޗް 2021 އިން 31 ޑިސެމްބަރ 2021 އަށް ކޮށްދިނުން
ދިއްފުށި ސުކޫލް،
ކ.ދިއްފުށި، ދިވެހިރާއްޖެ ނަންބަރު: GS-144/2021/IUL/04
އިޢުލާނު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރި ދެވަނަ އިޢުލާން (ނަމްބަރ: GS-144/2021/IUL/02) ބާތިލްކޮށް ތިންވަނަ އިޢުލާން ކުރަމެވެ.
- މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 01 މާރިޗް 2021 އިން 31 ޑިސެމްބަރ 2021 އަށް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖަނަވަރީ 27 އިން 2021 ފެބްރުއަރީ 07 އަށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއިގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް، 2021 ޖަނަވަރީ 27 އިން 2021 ފެބްރުއަރީ 07 އަށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ފެބްރުއަރީ 07 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 ފެބްރުއަރީ 08 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން: 6640522
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
27 ޖަނަވަރީ 2021
ހޯދާ